އުމްރާގެ އަޅުކަމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެނބުރި ވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވަނީ (ފޮޓޯ/ރައީސް އޮފީސް)
އުމްރާގެ އަޅުކަމަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރިވަޑައިގެންފި
އުމްރާގެ އަޅުކަމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟- ސައުދީ އަރަބިއްޔާގެ ހަރަދުގައި ކުރެއްވި މި ދަތުރުފުޅަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. އެހެން ގައުމުތަކުގެ ވެރިންނަށް ދެއްވާ ފަދަ ސެކިއުރިޓީ، އުމްރާގެ އަޅުކަމުގެ ތެރެއިން އެ ދެކަނބަލުންނަށް ވެސް ވަނީ ދެއްވާފަ އެވެ.
އެނބުރި ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެނގުން މުހިންމު - މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ ސައުދީ ސަރުކާރުގެ ދައުވަތަކަށް އުމްރާއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ވެސް އެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަތް ސަރުކާރުގެ ވަފުދުން އުމްރާއަށް ވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގަ އެވެ.
ކޮމެންޓް (1)
ތެފައާސާ.