މާލެ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިވި އެމްޑީޕީގެ އިންތިހާބީ ކައުންސިލަރުން

އެމްޑީޕީން ޑެޕިއުޓީ މޭޔަރު ކަމަށް ގިނަ ބޭފުޅުން ޝައުގުވެރިވެ، ވާދަވެރިކަން ބޮޑުވެއްޖެ

މިހާތަނަށް އެމްޑީޕީގެ އަށް އިންތިހާބީ ކައުންސިލަރުން ވަނީ މާލެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައި

އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ކަމަށް ކައުންސިލަށް އިންތިހާބުވި އެމްޑީޕީގެ ގިނަ ބޭފުޅުން ޝައުގުވެރިވެ، ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ހިމެނޭހެން  ކައުންސިލުގެ 18 ގޮނޑިއަށް އެމްޑީޕީގެ 16 މެންބަރުން އިންތިހާބުވި އެވެ. ބާކީ ދެ ގޮނޑި ލިބުނީ، ޕީއެންސީއަށެވެ. 

މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްޑީޕީގެ އަށް އިންތިހާބީ ކައުންސިލަރުންގެ ޝައުގުވެރިކަން ޑެޕިއުޓީ މޭޔަރުކަމަށް އެބަ އޮތެވެ.

ތަފްސީލު - މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އަށް އިންތިހާބީ ކައުންސިލަރުންނަކީ:

  • ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - 935 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 191 ވޯޓުގެ ފަރަގުން

  • ހުޅުމާލެ ދެކުނު ދާއިރާ އަހްމަދު ގާލިބު - 933 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 191 ވޯޓުގެ ފަރަގުން

  • ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - 665 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 111 ވޯޓުގެ ފަރަގުން

  • ގަލޮޅު ދެކުނު ދާއިރާ އިސްމާއިލް ހަލީމް (ގުއްދޫސް އިއްސެ) - 923 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 18 ވޯޓުގެ ފަރަގުން

  • މާފަންނު އުތުރު ދާއިރާ ހުސައިން ފުރުޝާން (ފުރޫ) - 1،036 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 588 ވޯޓުގެ ފަރަގުން

  • މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - 943 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 373 ވޯޓުގެ ފަރަގުން

  • މާފަންނު ދެކުނު ދާއިރާ އިބްރާހިމް ލަބާން ޝަރީފް - 781 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 151 ވޯޓުގެ ފަރަގުން

  • މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - 1،040 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 365 ވޯޓުގެ ފަރަގުން

މާލޭ ޑެޕިއުޓީ މޭޔަރު ކަމަށް މި އަށް ބޭފުޅުން ވެސް ޝައުގުވެރިވާކަން އެބޭފުޅުން ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.

ކައުންސިލަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހު 17ގަ އެވެ. އަދި ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަނީ، ހުވާ ކުުރުމަށް ފަހު އޮންނަ ކައުންސިލް ޖަލްސާގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކޮމެންޓް (3)

އަސްލުވެސް

9 އޭޕްރީލު 2026
އަންނިގެ އެންޓައިޓްލްމެންޓް ފެނުމުން އަޖައިބުވެ އަންތަރީސްވޭ. އަންނިއަކީ ވޭތުވެދިޔަ 3 އަހަރު އެމްޑީޕީއަށް އެންމެބޮޑު ގެއްލުމެއް ދިން އެކަކު. ވީޑިއޯތައް އެހެރީ. ހަނދާންނެތޭހާ ދުވަހެއް ނުވޭ އަދި. މި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބުގައި އަންނިގެ ރޯލެއްނެތް. ދެތިންރަށަކަށްގޮސް ސައިކަލުބުރުޖެހި އެނޫންކަމެއްނުކުރޭ. ދޮރުންދޮރަށް ހިނގިތަ؟ ޕޯޑިއަމަކަށް އަރާ އެއްޗެއް ބުނިތަ؟... ރާއްޖޭގައި އެކަކަށް އެންމެބޮޑު ސަޕޯޓެއް އޮތީ އަންނިއަށޭ ބުނާއިރު 2013ގައި ވީ ފޭލި. 2019ގެ މަޖިލިސް އިންތިޚާބުން އާދައިގެ މީހެއްގެ އަތުން ކިރިޔާ ސަލާމަތްވީ. 2023ގެ ޕްރައިމަރީއިން ވީ ފޭލީ. 2023ގެ ރިޔާސީ އިންތިޚާބުގައި ދަނޑިޕާޓީއަށް ލިބުނީ 15000ވޯޓް.
6 1

ޞައްދާމު

9 އޭޕްރީލު 2026
ގިނަ ވޯޓު ލިބުނު މީހާ ޑެޕިއުޓީ އަކަށް ހެދީމަ ނިމުނީ!
4 0

ބޮލޭ

9 އޭޕްރީލު 2026
މިކަމަށްވެސް އަންނި ފަނި ވައްޓާލާ. އޭރުން އެވީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް