21 އޮގަސްޓް 2022 - އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަކިން މަޝްވަރާކުރައްވަނީ ( ދައުރު ފައިލްފޮޓޯ/އަބްދުﷲ ޔަޝާއު)ައުރު)

އެމްޑީޕީ

އެމްޑީޕީ އުފާފާޅުކުރާ ޖަލްސާ ނަޝީދާއި ފައްޔާޒު ބޮއިކޮޓްކޮށްފި

ޖަލްސާ ބޮއިކޮޓްކުރުމަށް ނިންމި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނޭ

ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެމްޑީޕީން ބާއްވާ އުފާފާޅުކުރުމުގެ ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާ ފެށީ މިރޭ 9 ޖެހީއިރު އާޓިފިޝަލް ބީޗްގަ އެވެ. އެ ޖަލްގައި ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު ބައިވެރިއެއް ނުވެ އެވެ.

މައްސަލަ ހޫނުވީ، ކުރިން ވާހަކަ ދައްކަން ނިންމި ބައެއް ބޭފުޅުންނަށް ޖަލްސާގައި ވާހަކަ ދައްކަން ފަހު ވަގުތު ފުރުސަތު ނުދިނުމުން އެވެ. އަދި އެގޮތަށް ނިންމީ ބައެއް އެހެން ބޭފުޅުން މައްސަލަ ޖައްސައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

ތަފްސީލު - މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ވާހަކަ ދައްކަން އޮތީ ފުރުސަތު ދީފަ އެވެ. ނަމަވެސް ފަހުން އެޖެންޑާ ފައިނަލް ކުރި އިރު، އެ ދެބޭފުޅުންނަށް ފުރުސަތު ނުދިނުމަށް ލީޑާޝިޕުން ނިންމި އެވެ. އެކަމާ ހިތްހަމަނުޖެހިގެން ނަޝީދާއި ފައްޔާޒު ވަނީ، ލީޑާޝިޕް ބޭފުޅުން ތިބޭ ގްރޫޕެއްގައި އެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"މިރޭގެ ޖަލްސާގެ އެޖެންޑާއެއް، އަދި ހަދާންވީ އެއްވެސް ގޮތެއް ނޭނގޭތީ ޖަލްސާއަށް ނުދާނެ ވާހަކަ ދަންނަވަން،" ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވި އެވެ.

ފަޔާޒު ފޮނުއްވި މެސެޖްގައި ވިދާޅުވި ގޮތުގައި އޭނާ ޖަލްސާގައި ވާހަކަ ދައްކަން ޕާޓީގެ ޗެއާޕާސަން އަބްފުލްގަފޫރު މޫސާ އިއްޔެ އެދުނު ކަމަށެވެ.

"[އެކަމަކު] ސްޕީޗް ތައްޔާރުކޮއްލާ ބޯކޮށާލާ ތައްޔާރުވިތަނާ ބޭރުމަތިން ހަބަރު ލިބިއްޖެ އަޅުގަނޑާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން،" ފައްޔާޒުގެ މެސެޖްގައި ވިދާޅުވި އެވެ.

"ޗެއާގެ އަރިހު އިއްޔެ ވެސް ދެންނެވިން އަޅުގަޑަށް ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެނޫންހޭ. ވިދާޅުވި ތި މަންނާގެ ނިންމުމޭ. އައި ވިލް ޑިސައިޑް."

އެއާއެކު ފައްޔާޒު ވިދާޅުވީ، ޕާޓީގެ އެކުވެރިކަން ވަރަގަދަ ކުރުމަށް އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް ނަޝީދަށް ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަކީ، މުހިންމު  ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ކާމިޔާބު ޖަލްސާއަކަށް އެދެން." ފައްޔާޒުގެ މެސެޖު ނިންމާލައްވަމުން ލިޔުއްވާފައިވެ އެވެ.

ނަޝީދާއި ފައްޔާޒުއަކީ އެއް ފެކްޝަންއެކެވެ. 

މިކަމާ ގުޅިގެން ޕާޓީގެ ރަސްމީ ކޮމެންޓެއް އަދި ނުލިބެ އެވެ. 

ކޮމެންޓް (3)

ހިމާރުލްގައުމު

7 އޭޕްރީލު 2026
ކެރަފާ ނަޝީދު މިރާއްޖެ ނައި ނަމަވެސް މެޖޯރިޓީ މުއިއްޒަށް ނޫނެކޭ ބުނީސް. އެހެންވެ ފުރުސަތުގެ ބޭނުން އެއްމެ ފަހުވަގަތު ކޮފިގަނެ މޫސުމީ ތާކިހާ އަޅައިގެން "މަ ކުރިކަމެއް" ކަމަށް ދެއްކުން އޭނާގެ ބޭނުމަކީ. މުއިއްޒަށް ބޮޑުތަނުން ނޯ. މާނައެއް ނޫން ކެރަފާ ނަޝީދަށް ޔޭސް ނޫނީ އެމްޑީޕީއަށް ޔޭސްއޭ. ގެޓުވެއްޖެ.
1 0

ދެރަވަރު

7 އޭޕްރީލު 2026
ކުލަވަރުފެންނަންފެށީ! ރެއަކީ އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓުންގެ ރޭ! ވެރިކަން ބޭނުންވެގެން ވަގުތު ބަލަބަލާ އޮތް މީހުންގެ ރެއެއް ނޫން!
1 0

ކޮމޮޑަސް

6 އޭޕްރީލު 2026
މިވަގުތަށް އެންމެ ރަނގަޅުވާނީ އަބްދުﷲ ޝާހިދު އިސްތިއުފާދެއްވުމެވެ. ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ކުރިމަތިލާން ޕާޓީގެ ޓިކެޓަށް ޝައުގުވެރިކަން ހާމަކުރާ ހިސާބުން ޕާޓީގެ ލީޑާޝިޕުން ވަކިވާން ވާނެކަމަށް ޕާޓީގެ ގަވާއިދުތަކުގައި ލިޔަންވީއެވެ. ވީއެންމެއަވަހަކަށް ކޮންގްރެސް ބާއްވާ ލީޑަޝިޕް އަލުން އިންތިހާބުކުރުން މުހިންމެވެ.
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް