ފުވައްމުލަކު މޭޔަރު ގޮނޑި ދިފާއުކުރެއްވި އިސްމާއިލް ރަފީގު (ފޮޓޯ/ފޭސްބުކް)

ވަގުތީ ނަތީޖާ: ފުވައްމުލަކު މޭޔަރުގެ ގޮނޑި އިސްމާއިލް ރަފީގު ދިފާއުކުރައްވައިފި

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިސްމާއިލް ރަފީގު ވަނީ %68 ވޯޓު ކާމިޔާބު ކުރައްވާފައި

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުވައްމުލަކު މޭޔަރުގެ ގޮނޑި، މިހާރުގެ ވެސް މޭޔަރު އިސްމާއިލް ރަފީގު ދިފާއު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކު މޭޔަރުގެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އިސްމާއިލް ރަފީގެވެ.

ތަފްސީލް - މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، %68އާ އެކު އިސްމާއިލް ރަފީގަށް 1،738 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު އަލީ މަސީހަށް ލިބިވަޑައިގަތީ %31.9 އެވެ. އެއީ މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުން 813 ވޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް