ފުލިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ވ. ފުލިދޫ

އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުނު ބައްޕައަކު މަރުވެއްޖެ

އެއީ ޗުއްޓީ ހޭދަކުރުމަށް މިއަދު މާލެއިން ވ. ފުލިދުއަށް ދިޔަ އާއިލާއެއް

ވ. ފުލިދޫގައި މިއަދު މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ދަރިން ސަލާމަތް ކުރަން އުޅުނު، އެ ކުދިންގެ ބައްޕަ މަރުވެއްޖެ އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި 63 އަހަރުގެ އެ މީހާ މިއަދު ހަވީރު މަރުވީ، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އޮޔާ ދިޔަ ކުދިންގެ ހާލު ރަނގަޅެވެ.

ފުލިދޫ ކައުންސިލް މެމްބަރު ހުސެން ޝަބީން 'ދައުރު' އަށް ވިދާޅުވީ އެއީ މިއަދު 11:45 ހާއިރު މާލެއިން އެ ރަށަށް ޗުއްޓީއަށް ދިޔަ އާއިލާއެއް ކަމަށެވެ.

"ރަށުގެ އިރުމަތީ ފަރާތަށް މޫދަށް އެރި އުޅެނިކޮށް އެ ހާދިސާ ހިނގީ. އެއީ އަބަދުވެސް އޮއެގަދަ ފުން ސަރަހައްދެއް،" އޭނާ ވިދާޅުވި އެވެ.

ޝަބީން ވިދާޅުވި ގޮތުގައި:

  • މަރުވީ ސ. ހިތަދޫ މީހެއް

  • އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައި


އިތުރު އާޓިކަލް

އިތުރު އާޓިކަލް