ސްކޭމާ މެދު ހޭލުންތެރިވުމަށް ހަދާފައިވާ ޕޯސްޓަރެއް. ސަމާލުވުމަށް ފުލުހުން އެދޭ

މަކަރާއި ހީލަތް

ސްކޭމްކޮށްގެން މިދިޔަ މަހު ވެސް 1.6 މިލިޔަން ރުފިޔާ ފޭރިގެންފި

އޭގެ ތެރެއިން ހޯދުނީ 6 ލައްކަ ރުފިޔާ ކަމަށް ފުލުހުން ބުނޭ

މަކަރާއި ހީލަތުން މިދިޔަ މަހު އެކަނި ވެސް 1.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.

ތަފްސީލް - ސްކޭމްކޮށްގެން ފައިސާ ފޭރިގެން ހުށަހަޅާ މައްސަލަތައް އިތުރުވެ، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ވެސް އެ ފަދަ 198 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. ފޭރުނު ފައިސާގެ އަދަދު 1.68 މިލިޔަން ރުފިޔާއަށް އަރަ އެވެ.

ފުލުހުން ބުނިގޮތުގައި:

  • އޭގެ ތެރެއިން ހޯދުނީ 690،000 ރުފިޔާ 

  • ހޯދުނީ 37 މައްސަލައެއްގައި ހިމެނޭ ފައިސާ

ސްކޭމްކޮށްފައިވާ ގޮތަށް ބަލާއިރު އެންމެ ގިނައިން ފައިސާ ފޭރިފައިވަނީ އީކޮމާސް މެދުވެރިކޮށެވެ. އެގޮތުން:

  • އެ ފަދަ 94 މައްސަލައެއް ވަނީ ހުށަހަޅާފައި. އެހެންވެ، ފޭސްބުކް މާކެޓް ޕްލޭސް އާއި އައިބޭ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރާއިރު ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އެދޭ

  • އޮޅުވާލައިގެން އެކި މީހުންގެ ނަމުގައި 49 މައްސަލައެއް ވަނީ ހުށަހަޅާފައި. އެހެންވެ، އަމިއްލަ މައުލޫމާތާއި އޯޓީޕީ ހިއްސާ ނުކުރުމަށް ފުލުހުން އެދޭ

  • ކަރަންސީ އެކްސްޗޭންޖުގެ ނަމުގައި 31 ސްކޭމް ހިންގި. އެކަން މަދުކުރުމަށް ޓެލެގްރާމާއި ވައިބާ ގްރޫޕްތައް މެދުވެރިކޮށް ޑޮލަރު މާރުނުކުރުމަށް ފުލުހުން އިލްތިމާސްކުރޭ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް