ވިލިނގިލީ ސްކޫލުގައި ރޯވެ އަނދަނީ (ދައުރު ފޮޓޯ)

ބްރޭކިންގް

ގއ. ވިލިނގިލި ސްކޫލްގައި ރޯވެ އަނދަނީ

އެ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިންގަން ފެށީ މިރޭ 12 ހާއިރު؛ އަލިފާން ނުނިއްވި ދަނީ ވަރަށް ބޮޑަށް ފެތުރެމުން

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ރޯވެ އަނދަން ފަށައިފި އެވެ. 

ވީ ކިހިނެއް؟ - އެ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިންގަން ފެށީ މިރޭ 12 ހާއިރު އެވެ. އަލިފާން އެންމެ ފުރަތަމަ ރޯވީ، އެ ސްކޫލްގެ މެދުގައި ހުންނަ ދެ ކްލާސް ރޫމާއި ސްޓާފް ރޫމް ހުންނަ އިމާރާތުގަ އެވެ.

އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް މިހާރު އަނދާފައިވާއިރު، އަލިފާން ނުނިއްވި ވަރަށް ބޮޑަށް ދަނީ ފެތުރެމުންނެވެ. ވިލިނގިއްޔަކީ އެމްއެންޑީއެފްގެ ފަޔާ އެންޑަ ރެސްކިއުގެ ހިދުމަތް ލިބޭ ރަށެއް ނޫނެވެ.

މި ސްކޫލަކީ، އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި އެ ރަށުގައި ވޯޓުލާ މަރުކަޒު ހުންނަ ތަނެވެ.

ކޮމެންޓް (1)

މުހައްމަދު

3 އޭޕްރީލު 2026
“ވިލިނގިއްޔަކީ އެމްއެންޑީއެފްގެ ފަޔާ އެންޑަ ރެސްކިއުގެ ހިދުމަތް ލިބޭ ރަށެއް ނޫނެވެ.” އެކަމަކު ވެރި ރަށޯ 🤷🏽‍♂️
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް