ހުޅުމާލޭގެ ބެލެނިވެރި ކުންފުނި އެޗްޑީސީ:

އެޗްޑީސީ

'ކަޓު ނަގައިގެން' ޕާކިން ވިއްކާ ވާހަކަ އެޗްޑީސީން ދޮގުކޮށްފި

އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްގައި ޕާކިން ސްލޮޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުުން އަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ގެންދާތީ އެޗްޑީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ހުޅުމާލެއިން ޕާކިން ސްލޮޓު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިއުލާނުކޮށްގެން، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރަމުން އަންނަ ކެމްޕެއިންނަށް ފައިސާ ހޯދުމަށް "ކަޓު ނަގައިގެން" އެޗްޑީސީން ހުޅުމާލެއިން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކި ކަމުގެ ތުހުމަތު އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ތަފްސީލް - އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ކުންފުނިން މަސައްކަތްް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އެ ކުންފުނިން ބުނީ:

  • ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް އެޗްޑީސީން އިއުލާނު ކުރި

  • އެ ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް ކުރިމަތިލި

  • އުސޫލުގެ ތެރެއިން އެ މީހުން އިވެލުއޭޓުކޮށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ވާނީ އާންމުކޮށްފައި

"މިގޮތަށް އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްގައި ޕާކިން ސްލޮޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިކަމާ ގުޅޭ ގޮތުން އާންމުންނަށް އޮޅުުން އަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ގެންދިޔުމަކީ މި ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޗްޑީސީން ބުނީ ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

2 އޭޕްރީލު 2026
މިމީހުން ކަމެއް ދޮގު ކޮށްފިއްޔާ އެއީ ތެދެއް! ސަރުކާރުން އާންމު ފަރާތްތަކަށް ދޭންޖެހޭ ފައިސާ މިހާރުވެސް ދޫކުރުނަނީ ޕާޓީއަށް ބައި އަޅާގޮތަށް! މުއީޒު އެތައް ތާރީޚެއް ދިން އެފައިސާ ހައްގު ވެރިންނަށް ހަވާލުކޮށްދޭން އަދިވެސް އެކަމެއް ނުއެއްނިމޭ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް