މާލެ ލޯކަލް މާރުކޭޓްގައި ފިޔާ ވިއްކަން ބަހައްޓައިފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކާޑާއި ޒަރޫރީ ބައެއް ތަކެތީގެ ކޯޓާ އިންޑިއާއިން އާކޮށްދީފި
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ކާޑާއި ޒަރޫރީ ބައެއް ކާބޯތަކެތީގެ ކޯޓާ އާކޮށްދީފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ބުނީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން، ދިވެހި ސަރުކާރުން އެދިފައިވާ އަދަދަށް ޒަރޫރީ ތަކެތީގެ ކޯޓާ އާކޮށްދީފައިވާ ކަމަށެވެ.
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ތަކެތީގެ ތެރޭ ހިމެނެނީ
-
ބިސް
-
އަލުވި
-
މުގު
-
ފިޔާ
-
ހަނޑޫ
-
ހަކުރު
-
ފުށް
-
ހިލަ
-
ހިލަވެލި
ހައިކޮމިޝަނުން ބުނީ މި އަހަރަށް މި ތަކެތި އެތެރެކުރަން ހުއްދަ ދިން އަދަދަކީ1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދު އެއްބަސްވުން ހެދިފަހުން ކޯޓާ އެންމެ ބޮޑުކޮށްދިން އަހަރު ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ
-
ހިލަ އާއި ހިލަވެއްޔަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މުހިއްމު ދެ ބާވަތް
-
އިންޑިއާ އިން އެތެރެކުރާ ހަނޑުލުގެ ކޯޓާ ވަނީ %77 އިތުރުކޮށްފައި
-
އެއްވެސް ސަބަބަކާ ހުރެ އިންޑިއާ އިން މި ބާވަތްތައް އެކްސްޕޯޓުކުރުން މަޑުޖައްސާލި ނަމަވެސް ރާއްޖެ އަށް އޭގެ އަސަރެއް ނުކުރާނެ
މިދިޔަ އަހަރު ވެސް އިންޑިއާއިން ވަނީ ރާއްޖެ އެތެރެކުރާ އެއްޗެހީގެ ކޯޓާ އިތުރުކޮށްފަ އެވެ.