ސީއެޗުއެސްއީ ހުޅުމާލެއިން ރައީސްގެ ސްކޮލަޝިޕް ހޯދި ތިން ދަރިވަރުން.

އޭ ލެވެލް

އޭލެވެލްގައި ސީއެޗުއެސްއީ އާއި ވީއައިއެޗުއެސް ވިދާލައިފި

ސީއެޗުއެސްއީ ހުޅުމާލެއިން ތިން ދަރިވަރަކު ރައީސްގެ ސްކޮލަޝިޕް ހޯދި އިރު، ވީއައިއެޗުއެސްގެ ދަރިވަރަކު ވަނީ އެ ސްކޮލަޝިޕް ހޯދާފައި

މިދިޔަ އަހަރުގެ އޭލެވެލްގެ އިމްތިހާނުން މޮޅެތި ނަތީޖާތަކެއް ހޯދައިގެން، ސީއެޗުއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ވީއައިއެޗުއެސް) އަނެއްކާވެސް ވިދާލައިފި އެވެ.

ވީ ކިހިނެއް؟ - އޭލެވެލް އިމްތިހާނުގެ މިދިޔަ އަހަރުގެ ނަތީޖާ މިހާރު ދޫކުރަން ފަށާފައިވާއިރު، ރާއްޖޭގެ އެންެމެ ގިނަ ދަރިވަރުން އޭލެވެލްއަށް ކިޔަވާ މި ދެ ސްކޫލުން ވެސް ފާހަގަކޮށްލެވޭ މޮޅު ވަނަތަކެއް ހޯދާފައިވެ އެވެ.

ތަފްސީލް - އެގޮތުން:

  • ސީއެޗުއެސްއީ ހުޅުމާލެއިން 97 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނު އިރު، 25 ދަރިވަރުން ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ލިބިފައި

  • ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ތިން ދަރިވަރަކު ވަނީ ރައީސްގެ ސްކޮލަޝިޕް ހޯދާފައި؛ އެއީ އައިޝަތު ނަބީހާ އަމީން އާއި ލީން އަހުމަދު ތޯރިގުގެ އިތުރުން ޔަޝާ ޝާފީ ޝަފީގް

  • ވީއެޗުއައިއެސްގެ 105 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނުނު އިރު، 32 ދަރިވަރުން ވަނީ ހައި އެޗީވާސް ސްކޮލަޝިޕް ހޯދާފައި

  • އެއް ވަނަ ހޯދައިގެން ދަރިވަރަކު ވަނީ ރައީސްގެ ސްކޮލަޝިޕް ހޯދާފައި؛ އެއީ ހުސެން ޔަމީން

ވީއެޗުއައިއެސް އިން ބުނީ އެ ސްކޫލުން އޭލެވެލް ހެދި %98 ދަރިވަރުން، ޔުނިވަސިޓީތަކަށް ވަންނަން ބޭނުންވާ މިންވަރަށް ފާސްވެފައިވާ ކަމަށެވެ. ސީއެޗުއެސްއީގައި އެ ނިސްބަތް އުޅެނީ %90ގަ އެވެ.

އޭލެވެލްގައި އެންމެ ކުރީގައި އުޅޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އަދި އެ ސްކޫލުގެ ނަތީޖާތަކެއް އާއްމެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް