މާލެ ސަރަހައްދުގައި ބޭނުންކުރާ އެމްބިއުލާންސެއް. (ފޮޓޯ/ހެލްތު މިނިސްޓްރީ)

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށަނީ

ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމަށާއި މި ބަދަލު ގެނައީ ގިިނަ ދުވަސްތަކެއް ވަންދެން ޓެކްނިކަލް މަޝްވަރާތައް ކުރުމަށް ފަހު ކަމަށް

ވަކި ހާލަތްތަކުގައި އެމްބިއުލާންސްގެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ބަދަލު ގެންނަނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ.

ތަފްސީލް - ރައީސް ވަނީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތައް ސާފުކޮށްދެއްވައިފަ އެވެ. އެގޮތުން، އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނީ:

  • އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދާ ނަމަ

  • މައްޔިތުން އުފުލާއިރު

  • އެނދުމަތިކުރެވިފައިވާ ބަލިމީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

  • ގޮނޑީގައި ތިބޭ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

  • ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

  • އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން ބަލިމީހާ އުފުލާއިރު

  • ރާއްޖެއިން ބޭރަށް ބަލިމީހާ ފުރުވާއިރު ނުވަތަ އެހެން ރަށަކަށް އިތުރު ފަރުވާއަށް ފުރުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިޔުމަށް

  • ތެލެސީމިއާ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދާއިރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމަށާއި މި ބަދަލު ގެނައީ ގިިނަ ދުވަސްތަކެއް ވަންދެން ޓެކްނިކަލް މަޝްވަރާތައް ކުރުމަށް ފަހު ކަމަށެވެ.

"... އޭގެ ހިސާބުތައްކޮށް، ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންތައް، އޮޕަރޭޝަނަލް އޭންގަލް އިން ބަލަންޖެހޭ ކަންތައް ވެސް ބެލުމަށް ފަހު ނިންމި ނިންމުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް