ހުޅުމާލޭގެ ވިނަރެސް ފްލެޓްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވިނަރެސް ފްލެޓު

ވިނަރެސްގައި ހިންގާ ލޯންޑްރީ ހުއްޓާލުމަށް 7 ދުވަހުގެ ނޯޓިސްއެއް ދީފި

ހަތް ދުވަސްގެ ފަހުން އެކަން އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނި

ވިނަރެސް ފްލެޓެއްގައި ފުޅާ ދާއިރާގައި ހިންގަމުންދާ ލޯންޑްރީގެ މަސައްކަތް ހުއްޓާލުމަށް ހަތް ދުވަހުގެ ނޯޓިސްއެއް އެޗްޑީސީން އެ ތަނުގެ ވެރިފަރާތައް ދީފި އެވެ.

ވީ ކިހިނެއް؟ - ވިނަރެސް އެޕާޓްމަންޓެއްގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި އުސޫލުން ލޯންޑްރީ މަސައްކަތް ކުރާކަން ފާޅާ އެރީ، ޝޯޝަލް މީޑިއާގެ އެކައުންޓަކުން އެތަނުގެ ވީޑިއޯއާ އެކު ޕޯސްޓު ކުރުމުންނެވެ. މީހުން ދިރިއުޅޭ އެޕާޓާމަންޓް އިމާރާތެއްގައި އެފަދަ ކަމެއް ކުރުމަކީ އާންމުންގެ ފުރާނައަށް ވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަކަށް ވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ތަފްސީލު - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ސިރާޖު މިއަދު 'ދައުރު'އަށް ވިދާޅުވީ އެޕާޓްމަންޓުގެ ވެރިފަރާތަށް އެކަން ނުކުރުމަށް އެދި ހަތް ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ.

"ހަތް ދުވަސް ތެރޭ އެކަން އިސްލާހުނުކޮށްފި ނަމަ، ގަވައިދުގައިވާ ގޮތުގެ މަތިން އެޗްޑީސީން ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުން އެނގޭ ގޮތުގައި:

  • މި މަސައްކަތް ކުރަމުންދަނީ ވިނަރެސްގެ 'ޓަވަރު އަށެއް އޭ'ގައި

  • ފަހަކަށް ވުރެ ގިނަ ބޮޑެތި ލޯންޑްރީ މެޝިން އެޕާޓްމަންޓުން ފެންނަން ހުރި

  • އެ މެޝިންތަކަށް ބޭނުންވާ ބޮޑެތި ގޭސްފުޅި ވައްދާ މަންޒަފު ފެނޭ

ކޮމެންޓް (2)

ގައުމު ހިނގާ ގޮތް

29 މާރިޗު 2026
ނުގާނެ އެއްވެސް ކަމެއް ، ހެޑްލައިން ހެދުނީމައި ނިމުނީ.. ވެރިފަރާތުން އެޗް.ޑީ.ސީގެ ތިކަމުގެ ހަވާލުވެ ހުންނަ މީހާ އަށް 10،000ރ ވަރު ދިނީމައި ހަމަޖެހޭނެ..
0 0

ހަސަން2343

28 މާރިޗު 2026
މިފަދަ ފްލެޓް ތަކުގައި ހުންނާނީ ޑޮމެސްޓިކް ކަރަންޓު މީޓަރ ، ވިޔަފާރި އުސޫލުން ކަން ކުރާ ތަންތަނަށް ހުންނާނީ ތަފާތު ކަރަންޓް މީޓަރެއް ،، އަގު ވެސް ތަފާތު ވާނެ .. ސްޓެލްކޯއިން 400 ރުފިޔާ ބިލައް ދީގެން ނުވާނެ މި އެޕާރޓްމަންޓުގެ ވެރި ފަރާތް އަތުން ..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް