ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަނީ ގާތް ގުޅުމުގެ ތެރެއިން، ކުރާ އިތުބާރަކުން. އެކަމަކު ގުޅުން ކެނޑުމާ އެކު އޭގެ ނާޖާއިޒް ބޭނުން ހިފާ ކަމަށް ފުލުހުން ބުނޭ

ފުލުހުން

މީހުންގެ ޒާތީ ފޮޓޯ އާއި ވީޑިއޯއިން ބްލެކްމެއިލް ކުރުން ދަނީ އިތުރުވަމުން: ފުލުހުން

ފުލުހުން ވަނީ ޒާތީ ފޮޓޯ އާއި ވީޑިއޯ އުފެއްދުން އަދި ރައްކާކުރުމާ ދުުރުވެ، އެފަދަ ތަކެތި އެހެން މީހުންނާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައި. އަދި އޭއައި ބޭނުންކޮށްގެން، އަސްލެއް ނެތް މަންޒަރުތައް އުފައްދާ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅާ.

ސޯޝަލް މީޑިއާގައި މީހުންގެ ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ތަފްސީލް - ފުލުހުން ބުނިގޮތުގައި އެތަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި ރުހުމަކާނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނެ އެވެ.

އެތަނުން ބުނީ:

  • މި ފަދަ ގިނަ މައްސަލަތަކަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާ އެކު ހިއްސާކޮށްފައިވާ މައުލޫމާތު، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއް ކަމަށް

  • އަނެއް މީހާގެ އަބުރު ނަގާލުމަށް، ބިރުދެއްކުމަށް ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށް

ގުޅުމުގެ ތެރެއިން ހިއްސާ ކުރާ މައުލޫމާތުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން ވެސް މީހުންގެ އަބުރަށް ގެއްލުންވާ ފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ހުށަހަޅާ ކަމަށް ފުލުހުން ބުންޏެވެ.

"މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެކެވެ. މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އާދެ އެވެ،" ފުލުހުންގެ ވެބްސައިޓުގައި އާއްމުކުރި ލިޔުމެއްގައި ބުނެފައި ވެ އެވެ.

"ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑު ވެސް މެ އެވެ."

ފުލުހުން ބުނީ މި ފަދަ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށެވެ. އެއާއެކު ހަނދާންކޮށްދިނީ:

  • ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޒާތީ ފޮޓޯ އާއި ވީޑިއޯ އުފެއްދުމާއި ރައްކާކުރުމާ ދުުރުވުމަށް އަދި އެހެން މީހުންނާ ހިއްސާނުކުރުމަށް

  • މައުލޫމާތެއް ނުވަތަ މަންޒަރެއް އަނެއް މީހާއާ ހިއްސާކުރާ ހިސާބުން، އަމިއްލަ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެކަން ދަތުން

  • މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމާއި އެފަދަ އަމަލުތަކަށް ހިތްވަރުނުދިނުން. މިއީ ވެސް ކުށަކަށް ވެދާނެ ކަމެއް ކަމަށް ފުލުހުން ބުނި

  •  ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް