މިއަދު ޖެނީވާފައި ކުރިއަށް ދިޔަ އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން ދާއިމީ މަންދޫބު ސަލްމާ ވާހަކަ ދައްކަވަނީ
ޖެނީވާގައި ރާއްޖެއިން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި
މެދުއިރުމަތީގައި އިޒްރޭއިލް އާއި އެމެރިކާ އިސްވެ އޮވެ ފެށި ހަނގުރާމައިގައި އީރާނުގެ އަމަލުތައް ރާއްޖެއިން މިއަދު ކުށްވެރިކޮށްފި އެވެ. މި ކުށްވެރިކުރުމުގައި އިޒްރޭލް އާއި އެމެރިކާގެ ނަން ރާއްޖެއިން ގެނެސްފައި ނުވާތީ ބައެއް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ވީ ކިހިނެއް؟ - އީރާންގެ އަމަލުތައް ރާއްޖެއިން ކުށްވެރި ކުރީ، މިއަދު ސްވިޒްލޭންޑް، ޖެނީވާގައި ބޭއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެގޭ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދެއްކެވީ، ޖެނީވާގައި ހުންނަ އދ. އޮފީހަށް ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެ އެވެ.
ތަފްސީލު - ސަލްމާގައި ވާހަކައިގައި އޭނާ ވަނީ އީރާނުން އަރަބި ހަތް ގައުމެއްގެ އާންމުންނާ ގުޅުން ތަންތަނަށާއި އުމްރާނީ ވަސީލަތްތަކަށްދޭ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ. އެވެ. އެ ހަތް ގައުމު ތެރޭގައި ހިމެނެނީ:
-
1-
ސައުދީ އަރަބިއްޔާ
-
2-
އެކުވެރި އަރަބި ދައުލަތް (ޔޫއޭއީ)
-
3-
ގަތަރު
-
4-
ބަހްރޭން
-
5-
ކުވެއިތު
-
6-
އޮމާން
-
7-
ޖޯޑަން
ސަލްމާ ފާހަގަ ކުރެއްވި ގޮތުގައި ގަަލްފް ސަރައްދުގައި ހިނގަމުންދާ އަސްކަރީ ހަމަނުޖެހުންތައް ނުހުއްޓި ހިންގަމުން ދިޔުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެކެވެ.
އޭގެ އިތުރުން، އިޒްރޭލް އާއި އެމެރިކާގެ ނަން ނުގެނެސް ހުރިހާ ފަރާތްތަކުން އާންމު ފަރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުވާ ގޮތަށް އެ ސަރަހައްދުގައި ދެމުންދާ ހަމަލާތައް ކުށްވެރި ކުރާ ކަމަށް ވެސް ސަލްމާ އިއްވި ބަޔާނުގައި ވިދާޅުވި އެވެ.
އެ ހަމަލާތަކަކީ، ބައިނަލްއަގުމާވީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ވެސް ހިލާފު އަމަލުތަކުގެ ގޮތުގައި ސަލްމާ ސިފަ ކުރެއްވި އެވެ.
ސަލްމާ އިތުރަށް ވިދާޅުވި ގޮތުގައި:
-
ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތި ފަދަ އަސާސީ ތަކެތި އުފުލުމަށް ބައިނަލްއަގުވާމީ ދަތުރުފަތުރަށް އިންތިހާއަށް ދަތިތައް ކުރިމަތިވެފައިިވާތީ ކަންބޮޑުވުން އޮތް ކަން ހާމަ ކުރެއްވި
-
އަދި އދ.ގެ ޗާޓަރުގައި ބުނާ ގޮތުގެ މަތިން ބާރުގެ ބޭނުން ނުކޮށް ސުލްހަވެރިކަމާ އެކު، މަޝްވަރާގެ އުސޫލުން މައްސަލަ ހައްލުކުރަން އިސްކަންދީ، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވި
މިއަދުގެ ބައްދަލުވުމުގައި އީރާންއާ ދެކޮޅަށް ހުށަހެޅި ގަރާރު ރާއްޖޭގެ ފަރާތުން ކޯ-ސްޕޮންސާކޮށްފައިވެ އެވެ.
I’m deeply ashamed of this woman, Salma Rasheed talking on behalf of #Maldives ! For this woman, not to condemn #Israel for all the international crimes they are committing in #Iran , #Palestine and #Lebanon is a slap on the faces of the people of Maldives.
— 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) March 25, 2026
We Maldivians are… pic.twitter.com/4GFWwCfYr3
ސަލްމާ އިއްވި ބަޔާނުގައި އިޒްރޭލް އާއި އެމެރިކާގެ ނަން ނުގެންނެވި ނަމަވެސް، މި ބައްދަލުވުމުގައި ރާއްޖެއިން ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން މިރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އެ ދެ ގައުމުގެ ނަންވެސް ހިމަނައި، އެ ދެ ގައުމުގެ އަމަލުތައް ވެސް ކުށްވެރިކުރާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ސަލްމާގެ ބަޔާނަށް އާންމު ފަރާތްތަކާއި ސިޔާސީ ބައެއް ފަރާތްތަކުން ވެސް ފާޑުކިޔުން ސޯޝަލް މީޑީއާގައި އަމާޒުކޮށްފައިވެ އެވެ. އެ ބަޔާނަކީ، ވަކި ފަރާތަކަށް ބުރަވެ، ހަމަހަމަކަމެއް ނެތް ބަޔާނެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
ކޮމެންޓް (1)
ހަތަރެސްކަން