ވީއައިއޭގައި ޓެކްސީއަކަށް ލަގެޖު އަރުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އެއާޕޯޓުގެ ކުރީގެ ޓާމިނަލް ކައިރިން ޓެކްސީ ނެގޭ ގޮތް ހަދައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް 2 ކައިރިން ޓެކްސީތަކަށް އަރާ ފޭބޭނެ އިންތިޒާމު ހަމަޖައްސާ، ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލް އިން ބުނީ މިއަދުން ފެށިގެން އެއާޕޯޓުގެ ޓްރެފިކަށް ބަދަލު ގެނައީ، ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ފަސޭހަަ އިންތިޒާމުތަކެއް ހަމަޖައްސައިދޭން ކަމަށެވެ.
ތަފްސީލް - އެމްއޭސީއެލް އިން ބުނީ:
-
ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި މިހާރު ބޭނުންކުރާ ޓާމިނަލް 2ގެ އެރައިވަލް ކުރިމަތިން ބުރާއި ދެމެދު އޮންނަ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ސަރަހައްދު
-
އެ ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ
-
ޓާމިނަލް 2ގެ ޑިޕާޗާ ކުރިމަތިން ބުރާ ދެމެދު އޮންނަ ސަރަހައްދު ހާއްސަކޮށްފައިވަނީ ޓެކްސީއަށް އެރުމަށް
-
އެ ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޓްރެފިކަށް ގެނައި ބަދަލަށް އަހުލުވެރިކޮށް، ޓްރެފިކް ފްލޯ މެނޭޖްކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.
ގުޅުން ހުރި - ވީއައިއޭގެ ޓާމިނަލް 1 ހުޅުވުމަށް ފަހު ޓެކްސީ ކިޔު ޓާމިނަލް 1 ކައިރިއަށް ބަދަލު ކުރުމުން ޑޮމެސްޓިކް ފަސިންޖަރުންނަށް ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ގިނަވި އެވެ. ޓްރެފިކަށް ބަދަލު ގެނައީ މި ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށެވެ.