ބޮޑުކަންނެލި މަސްވެރިންބް މީގެ ކުރިން ކުރި އިހުތިޖާޖެއް (ދައުރު ފޮޓޯ)

މަސްވެރިން

ބޮޑުކަންނެލި މަސްވެރިންނަށް ކުޑަ އަގުގައި ތެޔޮ ވިއްކަން ފަށައިފި

ހުޅުމާލެ އެފްއެސްއެމް ޓާމިނަލާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނި

ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން އެސްޓީއޯއިން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީން ބުނީ ކަޅުބިލަ މަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓީއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - ހުޅުމާލެ އެފްއެސްއެމް ޓާމިނަލާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ފޯރުކޮށްދޭން ނިންމިއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާތީ މަސްވެރިންނަށް ބުރައަކަށްވާނެ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފާހަގަ ކުރެވޭ - ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމުމަށް ފަހު އެ ނިންމުން ވެސް މީގެ ކުރިން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ގޮތަށް ނިންމީ، މިފްކޯއިން ބުނި ގޮތުގައި، މަސްވެރިންނަށް ތަކުލީފު ކުޑަ ކުރުމަށެވެ.

މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު:

  • މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ

  • 3 ޓަނަށް ވުރެ އިތުރަށް ކިރާ ނަމަ، 16.04ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ

  • މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކާނީ ލީޓަރެއް 17.54ރ.އަށް 

އެސްޓީއޯއިން ތެޔޮ ވިއްކާ އަގު:

  • ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް

  • ޑީސަލް ލީޓަރެއް 17.54ރ. އަށް 


އިތުރު އާޓިކަލް

އިތުރު އާޓިކަލް