ހުޅުއްދުފާރުގެ އިހްތިސާސްގައި ހިމެނި ގާއުނޑޫދޫ.

ރ. ހުޅުދުއްފާރު

ކުރީ ސަރުކާރުގައި އަތުލި ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްއަށް ލައިފި

ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްގައި އަލުން ހިމެނުމަކީ ރައީސް މުއިއްޒުގެ ވައުދެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރ. ހުޅުދުއްފާރަށް ދީފައި އަތުލި ރ. ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްގައި އަލުން ހިމެނުމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްގައި އަލުން ހިމެނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރިޔާސީ ކެމްޕެއިން ތެރޭގައި ރަށުގެ ރައްޔިތުން އެކަމަށް އެދިފައިވެ އެވެ.

މިރޭ އެކަން ރަސްމީކޮށް ނިންމަވައި ރައީސް ވަނީ ގަރާރެއް ނެރުއްވާފަ އެވެ. އަދި އެ ގަރާރު މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

ތަފްސީލު - ރައީސް އޮފީހުން މިކަމާ ގުޅިގެން ޝާއިއު ކުރި ހަބަރުގައި ބުނީ:

  • ގާއުނޑޫދޫ އެންމެ ފުރަތަމަ ހުޅުދުއްފާރު އިހްތިސާސްގައި ހިމެނީ 2020 ވަނަ އަހަރު ތެރޭ

  • ނަމަވެސް ފަހުން "ސިނާއީ ބޭނުމަކަށްޓަކައި" ހުޅުދުއްފާރުގެ އިހްތިސާސުން އެ ރަށް އުނިކޮށްފައި ވަނީ، އޭގެ އަހަރެއްހާ ދުވަސް ފަހުން އޮގަސްޓު 2021ގައި

  • އޭގެ ފަހުން އެ ރަށް އޮތީ އެގްރިކަލްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް