ހައިވޭ ލައިޓު ކައިރިން ވެހިކަލެއް ފުރޮޅާލާފައި (ފޮޓޯ/އެމްވީ ކްރައިސިސް)

ހައިވޭ ލައިޓު ކައިރިން އުޅަނދެއް ފުރޮޅާލައި 2 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭން އެއާޕޯޓަށް ދަތުރުކުރި ވެހިކަލެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށް ފުލުހުން ބުނި

ސިނަމާލެ ބްރިޖު ހައިވޭ ލައިޓު ކައިރިން ވެހިކަލެއް މިއަދު ފުރޮޅާލައިފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯ އިން ފެންނަނީ ހުޅުމާލޭކޮޅުން ދަތުރުކުރި އެމްއޭސީއެލްގެ ވެހިކަލެއް ފުރޮޅާލާފައި އޮއްވަ އެވެ.

ތަފްސީލް - ފުލުހުން ބުނީ، ހުޅުމާލޭން އެއާޕޯޓަށް ދަތުރުކުރި ވެހިކަލެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް