ކޮމިޝަނާ އޮފް ޕްރިޒަންސް ޒަރީރު (ވަ) އަދި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ދިޔާނާ (މ).

މުސާރަ

ކަރެކްޝަންސް އާއި ކަސްޓަމްސްގެ މުސާރަތައް ބޮޑުކޮށްފި

މި ބަދަލު ގެންނަން ނިންމާފައިވަނީ ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއި ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އެގޮތުން ކަސްޓަމްސް އާއި ކަރެކްޝަންސްގެ ހުރިހާ ދާއިމީ މުވައްޒަފުންނާއި އޮފިސަރުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.

ތަފްސީލް - މި ބަދަލު ގެންނަން ނިންމާފައިވަނީ ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް މުވަައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ދަށުންނެވެ. އެގޮތުން:

  • ކަރެކްޝަންސްގެ މުވައްޒަފުުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާފައިވަނީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރު ފަހުން

  • އެންމެ ފަހުން ކަރެކްޝަންސްގެ މުސާރަ ބޮޑުކުރީ 2015ގައި

  • ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ އަބަދު ވެސް އޮވޭ

ގުޅުން ހުރި - މިދިޔަ ނޮވެމްބަރުން ފެށިގެން ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ މުސާރަތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ.

މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް (2)

އާލަމް

17 މާރިޗު 2026
މުސާރައެއް ބޮޑެއްނުކުރޭ އެލަވަންސްއަށް ބަދަލުގެނައީ މުސާރައޮތީ މީގެ 14 އަހަރުކުރިންވެސް އޮތްވަރަށް އެލަވަންސަކީ ބޭނުންވަގުތަކު ކަނޑާލެވޭ އެއްޗެއްވީމަ އެއީއެއްވެސް ގެރެންޓީއެއް އޮތް އެއްޗެއްނޫން ސަރުކާރުގެ އެހެންތަންތަނަށް މުސާރަބޮޑުކުރީ މީގެތަފާތުއިނގޭނީ އެކަމުގައިޝާމިލްވާބަޔަކަށް! ކަސްޓަމްސްގެ މުސާރައަށް ބަދަލުނުގެންނަތާ މިހާރު 14 އަހަރުވެއްޖެ
0 0

ތެފައާސާ.

17 މާރިޗު 2026
ހަނގުރާމައިގެ ހާލަތުގައި އަޅުއްވަމުންގެންދަވާ މިފަދަ ހަރުދަނާ ފިޔަވަޅުތަކަށް މަރުހަބާ ދަންނަވަން!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް