ގާޒީ ބިލްޑިިިިން ތަޅާލުމުގެ މަސައްކަތް 2023ގައި ކުރަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ގާޒީ ބިލްޑިން ހުރި ސަރަހައްދުގައި ޕާކެއް ތަރައްގީކުރަނީ

ޕާކު ތަރައްގީކުރަނީ މާލޭގެ މަލަމަތި ރީތިކޮށް، ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި

ކުރީގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރި ގާޒީ ބިލްޑިން ހުރި ސަރަހައްދުގައި ޕާކެއް ތަރައްގީކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އިއްޔެ ވިދާޅުވީ އެ މަސައްކަތް ކުރަނީ އާރުޑީސީއާ ހަވާލުކޮށްގެން ކަމަށެވެ.

ތަފްސީލް - ޝަހީދު ހުސެން އާދަމް ބިލްޑިން ފަހަތުން އޮންނަ އެ ބިމުގައި ޕާކު ތަރައްގީކުރަނީ، މިނިސްޓަރު ވިދާޅުވި ގޮތުން، މާލޭގެ މަލަމަތި ރީތިކޮށް، ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުންނެވެ.

ޕާކު ތަރައްގީ ކުރަނީ އިށީނދެ ތިބެވޭނެ ބެންޗުތަކާ އެކު ފެހިކަން ގަދަ ތަނެއްގެ ގޮތުގަ އެވެ.

ފާހަގަ ކުރެވޭ - ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 1982ގައި ބޭނުންކުރަން ފެށި ގާޒީ ބިލްޑިން ބާވެ، ބޭނުން ނުކުރެވޭ ވަރުވުމުން ތަޅާލީ 2023 ވަނަ އަހަރު އެވެ. އެ ބިން މިވަގުތު ބޭނުންކުރަނީ ޕާކިން ޒޯނަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް