ޑޯން މުއަންގް އެއާޕޯޓު.

ޑްރަގު މައްސަލައެއްގައި ތައިލެންޑު ޖަލެއްގައި ހުރި ދިވެއްސަކު މަރުވެއްޖެ

މަރުވެފައިވަނީ ތ. ގުރައިދުއަށް ނިސްބަތްވާ އިބްރާހިމް ނަބީހު؛ އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހު 22ގައި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މަރުވެފައިވަނީ އިބްރާހިމް ނަބީހު ނަސީމް، 22، ފަނާރު/ތ. ގުރައިދޫ ކަމަށެވެ.

ތަފްސީލް - އޭނާ މަރުވީ ތައިލެންޑުގެ ޖަލެއްގައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަބީހު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ތައިލެންޑުގެ ޑޯން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ކަމާ ގުުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް (2)

ތެޔޮނާށި

7 މާރިޗު 2026
ރާއްޖޭގެ ޖަލުގައި ހުއްޓާ މަރުވިނަމަ ވަރަށް ވާހަކަ ހުރީސް.
1 0

ބުރުގާ

6 މާރިޗު 2026
ތައިލެންޑުގަ ޖަލަކީ ޖަލު. އެއީކީ ދިވެހިރާއްޖޭގަ ޖަލޭ ކިޔާފަ ހުންނަގޮތައް ފުރެންޑުންނާއެކީ ޖަލުގެ ހީ ސަމާސާކޮއް، ފޯނުކޮއް، ޓިކީޓޮކު ކުޅެ، ސްކޭމް ކޯލްކޮއް، ސިނގިރޭޓު ބޮއެ، ބިޑިބޮއެ، ފީކޮއިކުޅޭތަނެއް ނޫން. ރިވެތި ސާލިހުން އިހުލާސްތެރި ދިރިއުޅުމެއް އުޅެން ދަސްވެފަހުރިނަމަ، މިއަދު ތިގޮތަކައް ނޫން ނިމޭނީ...
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް