ބަންޑާރަ މިސްކިތް

މިސްކިތްތައް

ބަންޑާރަ މިސްކިތް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަނީ

ރޯދައިގެ ފަހުން މަސައްކަތް ފަށާނެ ކަމަށާއި މި މަސައްކަތަށް އަމިއްލަ ފަރާތަކުން އެހީތެރިކަން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި

ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަހުގެ ފަހުން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިއަދު ވިދާޅުވީ މިސްކިތުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށެވެ.

ތަފްސީލް - މިއާ އެކު، މާލޭގެ ބޮޑެތި ހުރިހާ މިސްކިތެެއް އާވެގެން ދިޔައީ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މާލޭގެ މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ވެސް މިފަހުން ވަނީ އަމިއްލަ ފަރާތެއްގެ އެހީގައި އަލުން ބިނާކޮށް ހުޅުވައިފަ އެވެ.

މީގެ އިތުރުން، މި ރޯދަމަހު ޖުމްލަ 19 މިސްކިތެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވޭނެ ކަމަށް ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.


ކޮމެންޓް (3)

ކޮޅުކެހި

7 މާރިޗު 2026
އެބުނާހެން ބާވެފައިހުރި ތީމުގޭގަ ބޮޑު މިސްކިތެއް އަޅާފަ މަސްޖިލުން މައުމޫން ކިޔުން އެންމެ ރަނގަޅީ. ޝަހީމޫ... މިކަމަށް ވިސްނަވާ!
0 0

ކޮސް

6 މާރިޗު 2026
ތަރިކައިގެ މިނިސްޓަރު މިކަމާ އެެއްޗެކޭ ބުނަންވާނެ. ތިޔަ ސަރަހައްދުގަ ބޮޑު މިސްކިތެއް އަޅަން އެންމެ ރަނގަޅީ ތީމުގެ. ސުޕުރީމް ކޯޓު އެހެންތަނަކަށް ބަދަލުކޮށްލާ .. ބުމްބާ މިސްކިތަކީ ތަރިކައެއް. އެތަނާއި ނުކުޅުނިއްޔާ
3 0

ހުސެއިން

6 މާރިޗު 2026
ކޮބާ މަޖީދީ މަގުން ވަންނަ އިރު ހުންނަ އަފީފުއްދީން މިސްކިތް. އެތަން އެ ހުރީ މުސްކުޅި ގޮތަށް. އެ މިސްކިތް ނުހަދާ ބާ؟ އަދި ކޮބާ ޒިކުރާ މިސްކިތް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް