ހޯދަން އިއުލާނު ކުރި ހުސައިން ޔޫސުފް. (ފޮޓޯ/ޕޮލިސް)

ފުލުހުން

ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކުރި މީހަކު ހޯދަން އިއުލާނުކޮށްފި

އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވިގެން ހޯދަމުން އަންނަނީ ހުސައިން ޔޫސުފް، ޔަލީގެ/ނ. ކުޑަފަރީ

ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހިންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރި މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ފުލުހުން ބަލަމުން ގެންދާ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވިގެން ހޯދަމުން އަންނަނީ ހުސައިން ޔޫސުފް، 44، ޔަލީގެ/ނ. ކުޑަފަރީ ކަމަށެވެ.

ތަފްސީލް - އެ މައްސަލައިގެ ތަހުގީގަށް އޭނާ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ހުސައިން ޔޫސުފް ހޯދަން އިއުލާނު ކުރީ، ފުލުހުން ބުނެފައިވާ ގޮތުގައި، އިސްލާމްދީނަށް ތައުހީނުކޮށް، ފުރައްސާރަކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކޮށް، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކަ އާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު  ޓިކްޓޮކް މެދުވެރިކޮށް ފެތުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

ފާހަގަ ކުރެވޭ - އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ވަހީ އިއްވަވާ ކަމަށް ބުނެ ޓިކްޓޮކްގައި ވާހަކަ ދެއްކި މީހަކު ހޯދުމަށް ވެސް މިފަހުން ފުލުހުން އިއުލާނުކުރި އެވެ.

ކޮމެންޓް (1)

ޑައުން

6 މާރިޗު 2026
އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން އެމެރިކާ ޑައުން ޑައުން ޑައުން ޑައުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް