އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ (ފޮޓޯ/ރައީސް އޮފީސް)

ބުޅާ

އޮޅުހިޔާއަށް 300އަށް ވުރެ ގިނަ ބުޅާ ގެންގޮސްފި

އޮޅުހިޔާގައި މިހާތަނަށް 60 ބުޅާ ނިއުޓާކޮށް، 5 އަންހެން ބުޅާ ސްޕޭ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

ހުޅުމާލޭގައި ހިންގާ ބުޅާ ބަލަހައްޓާ 'އޮޅުހިޔާ'އަށް މިހާތަނަށް 352 ބުޅާ ގެންގޮސްފައިވާ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލެ މަގުތަކަށް ގިނަވެފައިވާ ބުޅާތަކަށް ބޯހިޔާވަހިކަމެއްދީ، ބުޅާތައް ބެލެެހެއްޓުމަށް ހެދި އެ ފެސިލިޓީއަށް ކުރިއަށް އޮތް ހަފްތާގައި ވެސް އިތުރު ބުޅާތައް ގެންދާނެ ކަމަށެވެ.

ނަމަވެސް، އެ ތަނުގައި މި ވަގުތު ތިބި ބުޅާތަކުގެ ސީދާ އަދަދެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީގައި ވެޓަރިނަރީގެ ހިދުމަތް ފަށާ، ބުޅާތައް ނިއުޓާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން:

  • މިހާތަނަށް 60 ބުޅާ ނިއުޓާކޮށްފައިވޭ 

  • 5 އަންހެން ބުޅާ ސްޕޭކޮށްފައިވޭ

ފާހަގަ ކުރެވޭ - މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ އޮޅުހިޔާ ފެސިލިޓީ ހިންގުމަށް އަހަރަކު 10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި ނޫން ގޮތުން އެ ފެސިލިޓީ އެއްކޮށް ފުރިހަމަކުރަން ހިނގާ ހަރަދަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ކޮމެންޓް (3)

ބޮޑު މުސީބާތަކަށް ވެއްޖެ ކަމެއް

4 މާރިޗު 2026
ބޮޑެތި ސިންގާ މީހުން ބުޅަލަކާ ހެދި މަރުދަންޖެހި ދުނިޔެއިން މޮޔަވެ ރަންބުއްދިވެ ބޮލު ރޮދި ކެނޑި ކޮސްވެ އަމަލު އަރައިގެން އުޅޭ ޒަމާން މިފެންނަނީ. މީ އަޅެ ކޮންފަދަ ބަލާ މުސީބާތެއް ގައުމަށް ޖެހިފަ އޮތް؟
1 0

ތެފައާސާ.

4 މާރިޗު 2026
މި ހުންނަނީ ނޫސްކޮންފަރެންސެއްގައި އާދައިގެ ގޮތަކަށް ބުނެލައިގެން ފަރުޖެއްސޭވަރަށްވުރެ ބޮޑެތި ކާމިޔާބީތައް. އަސްލު މިކަން އިއުލާންކުރަން ވަކި ރަސްމިއްޔާތެއް ބާއްވަންވާނެ، ހަވާ އަރުވައި ޑްރޯން ޝޯއާއިވެސް އެކު. ވަރަށް ބޮޑަށް މަރުހަބާ!!
1 0

ކޮސް

4 މާރިޗު 2026
ރޯދަމަހު މިއޮތީ ބޮޑުކަމެއް ކޮށްފަ އިނގޭ. އެމް.ޑީ.ޕީ ކުދިންވެސް އެއްވެސް އެއްޗެކޭ ނުކިޔާތި މިކަމުގަ. މިއޮތީ ނުވެވި އޮތް ބޮޑު ވައުދު ފުދިފަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް