ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާލާފައި

ބިން ހިއްކުން

ދިއްދޫގެ ބިން 50 ދުވަހުން ހިއްކާ ނިންމާލައިފި

އެއާޕޯޓެއް ތަރައްގީ ކުރުމަށާއި ބޯހިޔާވަހިކަން އަދި އެނޫންވެސް ހިދުމަތްތައް ގާއިމްކުރުމަށް ދިއްދޫ އިންް112 ހެކްޓަރު ހިއްކުމަށް 549،240 ކިޔުބިކް މީޓަރުގެ ވެލި ވަނީ އަޅާފައި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް 50 ދުވަހުގެ ތެރޭ ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ. ރައީސް މުހައްމަދު މުއިއްޒު މިރޭ 'އެކްސް'ގައި ވިދާޅުވީ އެ ރަށު ބިންހިއްކުމުގެ މަސައްކަތް މިއަދު ނިންމާލާފައިވާ ކަމަށެވެ.

ތަފްސީލް - އެއާޕޯޓެއް ތަރައްގީ ކުރުމަށާއި ބޯހިޔާވަހިކަން އަދި އެ ނޫން ވެސް ހިދުމަތްތައް ގާއިމްކުރުމަށް ދިއްދޫންް 112 ހެކްޓަރު ހިއްކުމަށް 549،240 ކިޔުބިކް މީޓަރުގެ ވެލި ވަނީ އަޅައިފަ އެވެ.

އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. އެގޮތުން:

  • ދިއްދޫގެ ބިން ހިއްކުމަށް ބޭނުން ކުރީ ޑްރެޖަރަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ 'ލެއިވް އެރިކްޝަން' ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު

  • މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު

  • މި މަޝްރޫއުގެ އަގެއް އެމްއޭސީއެލް އިން ހާމައެއް ނުކުރޭ

ކޮމެންޓް (1)

ެޖސަސސސ

24 ފެބްރުއަރީ 2026
Developing our 115-hectare island will cost about $30 million for roads, utilities, and basic community services. This is achievable. By building 2–3 city hotels with around 1,250 beds, plus space for medical and education partners, tourism income can fund the infrastructure. Short- and long-term visitors create steady revenue, helping us grow a sustainable, self-financed community.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް