ބިދޭސީއަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އިގްބާލް މިއާ

ރަހީނުކުރުން

ބިދޭސީއަކު ރަހީނުކުރި ބިދޭސީއަކު ހައްޔަރުކޮށްފި

އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ވަނީ ދީފައި

މާލޭގައި ރަހީނުކޮށްފައިވާ ބިދޭސީ މީހަކު ސަލާމަތްކޮށް، އެ މައްސަލައިގެ ތުހުމަތުގައި ބަންގަލަދޭޝް މީހެއް ހައްޔަރުކޮށް، އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.

ވީ ކިހިނެއް؟ -  މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:22 ހާއިރު އެވެ. އަދި އެ ރޭ 2:29 ހާއިރު އެ މީހާ ސަލަމާތްކޮށްފައިވަނީ، މާލޭ ގެއެއްގެ ތެރޭ ހިފަހައްޓާފައި ހުއްޓާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ތަފްސިލު - ފުލުހުން މިއަދު ބުނީ:

  • މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ އިގްބާލް މިއާ، 35

  • އޭނާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ މީހެއް

"ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ [ރަހީނުކޮށްފައިވާ] މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ ވަނީ އެ ރޭ 02:29 އެހާކަންހާއިރު ސަލާމަތްކޮށްފަ އެވެ. އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައެއްނުވެ އެވެ،" މީީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް ހާމަނުކޮށް، ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިގްބާލްގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:

  • އޭނާއަށް ތުހުމަތު ކުރެވެނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތު

  • އޭނާއަކީ އިމިގްރޭޝަން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް