ކުރީގެ ރައީސް މައުމޫން
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް: މައުމޫން
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައިސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ހަނދު ބެލުން ފަދަ ކަންކަމުގައި ގިނަ ދިވެހިންގެ އިތުބާރު އޮންނަ މައުމޫން މިގޮތަށް ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ކަލަންޑަރުގައިވާ ގޮތުން ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.
ބުނީ ކީކޭ؟ - އެ ޕޯސްޓުގައި މައުމޫން ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި އިސްލާމީ އުންމަތަށް ރޯދަ މަހުގެ ތަހުނިޔާ ވިދާޅުވި އެވެ.
According to astronomical calculations, tomorrow (Wednesday) will be the first day of Ramadan 1447 AH. Ramadan Mubarak to all Muslims everywhere in the world!
— Maumoon Abdul Gayoom (@maumoonagayoom) February 17, 2026
އެނގުން މުހިއްމު - ރޯދަ މަހަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަސް މިރޭގެ ޖަލްސާގައި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާނެ އެވެ.
ކޮމެންޓް (3)
ތެފައާސާ.
ހުތުބާލީ
ކާލޯސް