މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ވައި ނުސާފުވެ އުޑުމަތި ބަނަވެފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބަނަފިނި

ދުންފުހުގެ އަސަރު އަނެއްކާވެސް ބޮޑުވެ، ދުރު ފެންނަވަރު ވަރަށް ބޮޑަށް ދަށްވެއްޖެ

މެޓުން ބުނީ އެންމެ ގޯހީ އުތުރާއި މެދު ރާއްޖެތެރެއަށް ކަމަށް
16 ފެބްރުއަރީ 2026
1

ދުންފުހުގެ އަސަރު މުޅި ރާއްޖެއަށްކޮށް، ދުރު ފެންނަ މިންވަރު 3 ކިލޯމީޓަރަށް ވުރެ ދަށްވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މިއަދު ބުނި ގޮތުގައި، ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށެވެ.

ތަފްސީލް - އެތަނުން ބުނި ގޮތުގައި:

  • ކުރިއަށް އޮތް ފަސް ދުވަހު ވެސް، ދުންފުސް ރާއްޖޭގެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ

  • ދުންފުހުގެ އަސަރު ކުރަނީ އިރުއުތުރުން އަންނަ ވަޔާ އެކު

އެހެންވެ، މެޓުން ވަނީ ބޭރުގައި އުޅޭއިރު އާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

އެނގުން މުހިއްމު - މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަނަފިނީގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން، މިދިޔަ މަހުގެ ތެރޭގައި، ބޭރަށް ނުކުމެ އުޅުން ރައްކާތެރި ނޫން ވަރަށް ވައި ނުސާފުވެފައިވެ އެވެ.

ކޮމެންޓް (1)

ދުންފުސްދުން

17 ފެބްރުއަރީ 2026
މިއުޅެނީ ދުރު ފެންނަވަރު ދަށްވެގެން އެކަން ބޮޑުވެގެންނެއް ނޫންދޯ. މިއުޅެނީ ވިހަދުންތަކެއް ހުންނާތީވެ ނު؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް