ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ އަލީ އަފްލާހު.

ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި

ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އަލީ އަފްލާހު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު؛ އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ދީފައި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ އަލީ އަފްލާހު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތަފްސީލް - އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ވަނަރެއްގެ ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކުރީ:

  • އަލީ އަފްލާހު، ހައިރާތު/ހުޅުމާލެ

  • އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ވަނީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ ކުއްޖަކަށް

  • އޭނާ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ދޫކޮށް ގޮސް، ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ހިއްސާ އޭނާގެ އާއިލާގެ ބަޔަކަށް ބަދަލުކޮށްފައިވޭ

  • އޭނާ ހައްޔަރުކުރީ އެނބުރި ރާއްޖެ އައި ތަނުން

ކޮމެންޓް (4)

ބްރައިން

15 ފެބްރުއަރީ 2026
ކިހާ ބްރައިޓް އޭނަގެ މައިންޑް
0 0

ޖާވިދު

15 ފެބްރުއަރީ 2026
ތިއީ ކުދިންތަކެއް ރާވައިގެން ރަނގަޅު މީހުންނަށް ދޭ ލަނޑެއް
3 7

ިއިލޮ

17 ފެބްރުއަރީ 2026
@ޖާވިދު ހަގީގަތްް ނޭންގޭ ވާހަކަ ނުދައްކާ!
0 0

ތެފައާސާ.

15 ފެބްރުއަރީ 2026
ބްރައިޓް މައިންޑްސްގެ ވެރިޔާގެ މައިންޑް އެހާ ބްރައިޓެއްނުވި ދޯ؟
16 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް