ސަރުކާރު ހަފްލާއެއްގެ ތެރެއިން ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު: ކުޅިވަރު އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފައި.
ސަރުކާރުން ދޭ ކުޅިވަރު އެވޯޑަށް ރައީސްގެ ދަރިކަލުން ނޮމިނޭޓްވެއްޖެ
ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑްގެ ކެޓަގަރީއަކަށް ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވެއްޖެ އެވެ. މިއީ މިފަދަ އެވޯޑަކަށް ރާއްޖޭގެ ރައީސްއެއްގެ ބޭފުޅަކު ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ އިއުލާން ކުރަން ފަށާފަ އެވެ.
ތަފްސީލު - އިއްޔެ އާންމުކުރި ނޮމިނޭޝަންތަކުން، ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީއަށެވެ.
ޖުމްލަ ފަސް ކުޅުންތެރެއިން ނޮމިނޭޓްވި މި ގެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމައިރާ އެކު ދެން މި އެވޯޑަށް އެ އޮސޯސިއޭޝަނުން ޒީކް ހަސަން ލަތީފް ނޮމިނޭޓްކޮށްފައިވެ އެވެ.
އޭގެ އިތުރުން، ބޯޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން ދެ ކުޅުންތެރިއަކާއި ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން ކުޅުންތެރިއަކު ނޮމިނޭޓްވެފައިވެ އެވެ. އެއީ:
-
މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް)
-
އިޔަން އަހުމަދު (ބީބީ)
-
މުހައްމަދު އަޒާން އަހްމަދު (ބީބީ)
މި ކެޓަގަރީއަށް ރާއްޖޭގެ އެއް ވަނަ ކުޅިވަރު، ފުޓްބޯޅައިން އެއްވެސް ކުޅުންތެރިއަކު ނޮމިނޭޓްވެފައެއްނުވެ އެވެ.
Young Sportsman of the year 2025
— Maldives Sports Awards (@MVSportsAwards) February 12, 2026
Nominations are:
• Mohamed Azaan Ahmed
• Eyan Ahmed
• Umyr Mohamed Muizzu
• Mohamed Rihan Shiham
• Zeek Hassan Latheef#SportsAwards2025 pic.twitter.com/dQi0xUxwbB
ފާހަގަކޮަށްލެވޭ ކަމެއް - 2022 ވަނަ އަހަރު ތާއާރަފްކުރި މި އެވޯޑްގެ މިފަހަރުގެ ބައެއް ކެޓަގަރީތަކަށް ބައެއް މީހުން ނޮމިނޭޓްވެފައި ނުވާތީވެ، އެކަމާ ގުޅިން ނޮމިނޭޝަންތަކުގެ އިންސާފުވެރިކަމާ މެދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެ އެވެ.
ކޮމެންޓް (4)
އަލީބުން
ހަޖަމް
ތެފައާސާ.
ހައްޕު