ސަރުކާރު ގިނަ އޮފީސްތައް ހުންނަ ވެލާނާގެ. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ސަރުކާރު މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން 30 މިނިޓުގެ ހުސް ވަގުތު ލިބޭ ގޮތަށް ހަދަނީ

މިހާރު ގާނޫނު އޮންނަ ގޮތުން މުސާރައިން ނުކެނޑޭ ގޮތަށް 30 މިނެޓުގެ ހުސް ވަގުތުކޮޅު ލިބެނީ ދަރިފުޅަށް 1 އަހަރު ވަންދެން

ސަރުކާރު މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް އެވެ.

ތަފްސީލު - މި ބިލުން ގެންނަ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ދަރިފުޅު ގާތަށް ދިޔުމަށް ދޭ ހުސް ވަގުތުކޮޅު ލިބޭ މުއްދަތު އިތުރު ކުރުމެވެ.

އެކަން ބަޔާން ކުރަނީ ގާނޫނުގެ 45 ވަނަ މާއްދާގަ އެވެ. އެގޮތުން، އެ މާއްދާގައި ވަނީ: 

  • މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް މުސަރާއިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދޭން ވާނެ ކަމަށް އެ މާއްދާގައި ބުނޭ

އެގޮތަށް ދުވަލަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭނީ، ކުއްޖާއަށް އެއް އަހަރު ވަންދެން ކަމަށް އެ މާއްދާގައި މިހާރު ބުނެ އެވެ.

މެންބަރުގެ އިސްލާހުގައި ވަނީ ކުއްޖާއަށް ދެ އަހަރު ވަންދެން އެ ލުއި ލިބޭ ގޮތަށް އެ މުއްދަތު އިތުރުކުރުމަށް ހިމަނުއްވާފަ އެވެ.

ކޮމެންޓް (1)

އަދީމް

11 ފެބްރުއަރީ 2026
މޮޅު ވާހަކައެއް ފަތުރާލަނީ ދޯ ތި 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ގައި މާލޭ އޮފީހެއްގައި މަސއްކަތްކުރާ މީހަކަށް ހުޅުމާލެ ފޭސް 1 އަދި 2 ކަށް އައިއްސަ ގާތުން ދީފަ ދެވޭނެ ގޮތެއް ފުރަތަމަ ބުނެދޭންވި ނުންތޯ؟ ވޯޓް ހޯދަން ދަންތުރަ ޖެއްސުން ތީ ދިވެހިން ނަށް ފެނިގެންދާ އެންމެ ނާގާބިލް ވެރިކަން މީ ސަލާމް
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް