ޓީޗަރަކު ދަރިވަރުންތަކަކަށް ކިޔަވައިދެނީ: އޭލެވެލް ހެދުމަށް އިތުރު ފުރުސަތެއް އެޑިއުކޭޝަނުން މިހާރު ވަނީ ހުޅުވާލާފައި

އޭ ލެވެލް

މޭ/ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް ހެދުމުގެ ފުރުސަތު ދެނީ

އަމިއްލަ ގޮތުން އިމްތިހާނު ހެދުމުގެ ފުރުސަތު މޭ/ޖޫންގައި ހުޅުވާލި ނަމަވެސް، ސްކޫލުތަކުން އިމްތިހާނު ދޭނީ އޮކްޓޫބަރު/ނޮވެމްބަރުގައި ކަމަށް އެޑިއުކޭޝަނުން ބުނޭ
2 ފެބްރުއަރީ 2026

އެޑެކްސެލް އޭލެވެލް އިމްތިހާނު، މެއި އަދި ޖޫން މަހުގެ ތެރޭގައި އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެކަމަކު މި ފުރުސަތު ދެނީ އަމިއްލަ ގޮތުން އިމްތިހާނު ހަދާ ދަރިވަރުންނަށް އެކަންޏެވެ.

ވީ ކިހިނެއް؟ - މީގެ ހަ އަހަރު ކުރިން، 2019 އަހަރުން ފެށިގެން ރާއްޖޭގައި އެޑެކްސެލް މެއި/ޖޫންގެ އިމްތިހާން ވަނީ ހުއްޓާލާފަ އެވެ. އެހެންވެ، އަމިއްލަ ގޮތުން އިމްތިހާނު ހަދަން ދަރިވަރުން ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ.

ތަފްސީލް - އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ:

  • އެގޮތަށް ރާއްޖޭން ބޭރަށް ދާ ނަމަ، ދަތުރުފަތުރުގެ ހަރަދާއި ހުރުމަށް މަދުވެގެން 30،000ރ. ހަރަދުވާ ކަމަށް، ކުރީގެ ތަފާސްހިސާބުތަކުން އެނގިފައިވާ ކަމަށް

  • އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް ޕްރައިވެޓް ކެންޑިޑޭޓުންނަށް މެއި/ޖޫން އިމްތިހާނު ރާއްޖޭގައި ބާއްވައިދޭނެ ކަމަށް

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމިއްލަ ގޮތުން އިމްތިހާނު ހަދާ ދަރިވަރުންނަށް އަހަރު މެދުތެރޭގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދިންކަމުގައި ވިޔަސް، ސްކޫލުތަކުގެ ދަރިވަރުންނަށް އިމްތިހާނު ބާއްވާނީ މިހާރެކޭ އެއްގޮތަށް އޮކްޓޫބަރާއި ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް