އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެޕާޓީން ކޮމަންޑޫ ދާއިރާއަށް ވާދަކުރުމަށް ވަނީ ހަމަޖެހިފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެންޕީ

އެމްއެންޕީން ވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ، ޕްރައިމަރީ އޮންނާނެ

އެ ޕާޓީން މިހާރު ވަނީ އެ ދާއިރާއަށް ކުރިމަތިލުމަށް ޕްރައިމަރީއަކަށް ހުޅުވާލާފައި

ރާއްޖޭގެ އެންމެ ހަގު ޕާޓީ، މޯލްޑިވްސް ނޭޝަލް ޕާޓީ (އެމްއެންޕީ)އިން ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ވާދަ ކުރަން ނިންމައި، ޕްރައިމަރީއަކަށް ހުޅުވާލައިފި އެވެ.

އެނގުން މުހިންމު -  ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސެއިން ވަހީދު މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަވުމާ އެކު މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ބައި އިލެކްޝަން އިއުލާންކޮށް، މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.

އެންޕީގެ ބަސް - އެ ޕާޓީގެ ސްޕޯކްސްޕާސަން އަސްރާ އަހްމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ އިންތިހާބުގައި އެ ޕާޓީން ވާދަކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ހަމަޖެހިފައިވަނީ ދާއިރާގެ މެންބަރުންގެ މެދުގައި އޮންނަ ޕްރައިމަރީއަކުން ކަމަށެވެ.

"މިހާރު ޕްރައިމަރީއަށް ވަނީ ހުޅުވާލެވިފައި. ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ މި މަހު26 އަށް،" އަސްރާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތާ ދެތިން ދުވަސް ތެރޭ ޕްރައިމަރީ ބާއްވާނެ ކަމަށެވެ. އަދި ސީދާ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅިފައި ނުވާ ކަމަށް އަސްރާ ވިދާޅުވި އެވެ.

ފަސްމަންޒަރު - މިއީ އެމްއެންޕީ ރަޖިސްޓްރީކުރި ފަހުން އެޕާޓީން ވާދަ ކުރާނެ ފުރަތަމަ އިންތިހާބެވެ.  ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި ވާދަ ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވެސް މިހާރު ވަނީ ޕްރައިމަރީއަށް ހުޅުވާލައިފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮތީ މިމަހު 27ގަ އެވެ. ޕީޕީއެމްއިން އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ދާއިރާގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ، މިމަހު 30 އަށެވެ. އިންތިހާބު އޮތީ އަންނަ އަހަރު ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް