ގުރައިދޫ ކައުންސިލުން އެ ރަށުގެ ސްކޫލުގެ ޓީޗަރުންނަށް އަޅައިދިން ސްޓާފްރޫމް. މި ހަދިޔާއަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުން (ފޮޓޯ/ގުރައިދޫ ކައުންސިލް)

ކ. ގުރައިދޫ

ގުރައިދޫ ކައުންސިލުން ޓީޗަރުންނަށް ދިން މި ހަދިޔާއަށް ތައުރީފް

ގުރައިދޫ ކައުންސިލްގެ ހަރަދުގައި އެ ރަށު ސްކޫލުގެ ޓީޗަރުންނަށް ވަނީ ރީތި، ހިތްގައިމު ސްޓާފްރޫމެއް އަޅައިދީފައި

ކ. ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވި ގޮތުގައި، ތައުލީމާއި ސްކޫލުގެ ކަންކަމަށް އެހީތެރިވުމަކީ، އެ ކައުންސިލުން އެންމެ އިސްކަމެއް ދޭ އެއްކަމެވެ. މި ވޭތުވެ ދިޔަ އަހަރުތަކުގައި އެކަން ގުރައިދޫ ކައުންސިލުން ވަނީ ސާބިތުކޮށްދީފަ އެވެ.

އެންމެ މޮޅެތި ދަރިވަރުންނަށް ސްކޮލަޝިޕްތައް ދެ އެވެ. މީގެ ފަސް އަހަރު ކުރިން، ރާއްޖެއިން މަދުން ނޫނީ ނުފެންނަވަރުގެ ރީތި ލައިބްރަރީއެއް ގާއިމްކޮށްދިނެވެ. އަދި ދިރާސީ އާ އަހަރު ފެށުމާ އެކު ޓީޗަރުންނަށް ދިން އާ ސްޓާފްރޫމަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.

ގުރައިދޫ ކައުންސިލުން އެ ރަށުގެ ސްކޫލުގެ ޓީޗަރުންނަށް އަޅައިދިން ސްޓާފްރޫމް. މި ހަދިޔާއަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުން (ފޮޓޯ/ގުރައިދޫ ކައުންސިލް)

ކައުންސިލްގެ ބަޖެޓުން 7-8 ލައްކަ ރުފިޔާ ހަދިޔާކޮށްގެން އެޅި މި ތަނުގެ ފެންވަރު ރަނގަޅުވެފައި، އާދަޔާހިލާފަށް ރީއްޗެވެ. ކުރިން ހުރި ޖާގައިގެ ގޮތުން ކުޑަ އަދި އާދައިގެ ތަނުގެ ބަދަލުގައި އާ ސްޓާފް ރޫމް ހަދާފައި ހުރީ ކޮންމެ ޓީޗަރަކު ވެސް އެތަނުގައި އިނދެ، ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށެވެ.

ގުރައިދޫ ކައުންސިލުން އެ ރަށުގެ ސްކޫލުގެ ޓީޗަރުންނަށް އަޅައިދިން ސްޓާފްރޫމް. މި ހަދިޔާއަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުން (ފޮޓޯ/ގުރައިދޫ ކައުންސިލް)

ގޮނޑިތައް ރީތިވެފައި ފަސޭހަ އެވެ. ކޮންމެ ޓީޗަރަކަށް ވަކި މޭޒެއް ދީފައި ހުންނަނީ، ލެޕްޓޮޕާއި ފޯނު ފަދަ ވަސީލަތް ޗާޖު ކުރެވޭނެ ފަދަ ގޮތަކަށެވެ. ލީޑިން ޓީޗަރުންނާއި ޕްރިންސިޕަލަށް ވަކި ކެބިންއެއް ހުންނައިރު، އެތަނުގެ ތެރޭގައި ގަސްމުށިތައް ބަހައްޓައި ފެހިކޮށްފައި ވެ އެވެ. އެ ކެބިންތައް ހަދާފައި ހުންނަނީ، ވަށައިގެން ބިއްލޫރި ޖަހައި، އެހެން ޓީޗަރުން ފެންނާނެ ގޮތަށެވެ. ބޭނުންކޮށްފައިވާ އޮރެންޖާއި ހުދުކުލައިން މުޅި ތަނަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެ އެވެ. ތަނުގެ މުޅި އިންޓީރިއާ ވެސް ވަރަށް ފުރިހަމަ އެވެ.

ގުރައިދޫ ކައުންސިލުން އެ ރަށުގެ ސްކޫލުގެ ޓީޗަރުންނަށް އަޅައިދިން ސްޓާފްރޫމް. މި ހަދިޔާއަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުން (ފޮޓޯ/ގުރައިދޫ ކައުންސިލް)

"އަޅުގަނޑުމެން ބަލައިގަންނަން ޓީޗަރުން ކުރާ ބުރަ މަސައްކަތް. އެހެންވެ، ބޭނުންވީ ޓީޗަރުން ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފަދަ ތަނެއް ހަދިޔާ ކުރަން،" ޝަލީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގެ މަސައްކަތް ކުރާތާ ހަތަރުވަރަކަށް މަސްވި އިރު، ޓީޗަރުންނަށް އެކަންކަން ފެންނާނެ ކަމަށެވެ. އެކަމަކު މަސައްކަތުގެ ފަހުބައި، ބޮޑު ސްކޫލުގެ ޗުއްޓީގެ ތެރޭގައި ނިންމާލާފައިވާތީ، ޗުއްޓީ ނިންމައި ސްކޫލަށް ނުކުތް ޓީޗަރުންނަށް ފެނުނު މަންޒަރުން އެންމެން ވެސް ވަރަށް ހައިރާންވި ކަމަށް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން ގުރައިދޫ ކައުންސިލުން އެ ރަށު ސްކޫލުގައި އެޅި ލައިބްރަރީ (ފޮޓޯ/ގުރައިދޫ ކައުންސިލް)

"ހުރިހާ ޓީޗަރުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަން. އަޅުގަނޑުމެން ބުނިން އެއީ ޓީޗަރުންގެ އަގުވަޒަންކޮށް، އެ މީހުން ކޮށްދޭ ބުރަ މަސައްކަތަށް ދިން ހަދިޔާއެއް ކަމަށް،" ޝަލީޒް ވިދާޅުވި އެވެ.

ގުރައިދޫ ކައުންސިލާއި ރަށުގެ ސްކޫލާ ދެމެދު އޮންނަނީ ގާތްގުޅުމެކެވެ. ދަރިވަރުންނަށް ފަސޭހަކޮށްދީ، މޮޅެތި ކުދިންތަކެއް އުފެއްދުމަށް ކައުންސިލުން ދޭ އެއްބާރުލުން ބޮޑެވެ. މުޅި ސްކޫލު އޭސީކޮށް، ކަރަންޓު ވިއުގަ އާކޮށްދީފައި ވަނީ ވެސް ކައުންސިލްގެ ހަރަދުގަ އެވެ. އޭގެ އިތުރުން، ކޮންމެ އަހަރަކު އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވާ ކުއްޖާ، ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ކައުންސިލުން ވަނީ ފަހިކޮށްދީފަ އެވެ. ކައުންސިލްގެ ހަރަދުގައި އެ ފަދަ ދަރިވަރެއް މިހާރު ވެސް އަންނަނީ ރަޝިއާގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ.

ކޮމެންޓް (2)

ސަމުގަާ

31 ޖެނުއަރީ 2026
ތިޔަކަހަލަ ކަންކަމުން ދައުލަތުގެ ޚަރަދުތައް ބޮޑުވެ މީހުންގެ ބޮޑާކަންވެސް ވާނީ އިތުރު. ދެއްކުންތެރިކަންޫންކަމެއްނެތް ތިޔަކަމަކު. މޮޅުގޮނޑިއާ މޭޒަކުންނޫން ޚިދުމަތް ރީތިވާނީ. ހިތްތިރިކަމާއެކު ތިމާގެ ވާޖިބު އަދާކޮށްގެން
3 3

ހިރިގާ

29 ޖެނުއަރީ 2026
ކައުންސިލުގެ މެންޑޭޓް ga ޙިމެނޭ ކަމެއް ނޫން ސްކޫލަށް ފަރުނީޗަރު ގަތުމަކީ. ކައުންސިލުގެ ބަޖެޓުން ހަރަދު ކުރަން ޖެހޭނީ ކައުންސިލުގެ މެންޑޭޓުގެ ތެރެއިން. ތިކަހަލަ އުސޫލުން ބޭރުން ކުރާ ކަންކަމަށް ހިތްވަރު ދެވިގެން ނުވާނެ
2 7

އިތުރު އާޓިކަލް

އިތުރު އާޓިކަލް