ފަރުމުލި އަދި މާފަރުގެ އޭރިއަލް ވިއު

މާފަރުން ވަކިކުރި ފަރުމުލީގައި ރިސޯޓު ހަދަން ބީލަމަށް

މާފަރުގެ އިހުތިސޯސުގައި 2024 ވަނަ އަހަރު ހިމެނި ފަރުމުލި އެ ރަށުގެ އިހުތިސޯސުން ވަކިކުރީ މިދިޔަ ޖުލައި މަހު

ނ. މާފަރުގެ ފަޅު ތެރޭގައި ވަކި ރަށެއް ގޮތަށް އޮންނަ ފަރުމުލީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ބީލަމަށް އިއްޔެ ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މާފަރުގެ އިހުތިސޯސުގައި 2024 ވަނަ އަހަރު ހިމެނި ފަރުމުލި އެ ރަށުގެ އިހުތިސޯސުން ވަކިކުރީ މިދިޔަ ޖުލައި މަހު އެވެ. ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ ފަރުމުލި މާފަރު އިހުތިސޯސުން ވަކިކުރީ ޓޫރިޒަމްގެ ބޭނުމަށް އެ ރަށް ތަރައްގީކުރަން ނުވަތަ ރިސޯޓެއް ހަދަން ސަރުކާރުން ނިންމުމުން ކަމަށެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފައިވަނީ ފަރުމުލީގެ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާ އެކު 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ރަށެއް ހިއްކައި ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 16 އަދި 3 މާޗުގައި ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެ، 1 އޭޕްރީލްގެ ހެނދުނު 10ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން:

  • ބިޑު ހުށަހަޅާއިރު ބޭންކު ގެރެންޓީގެ ގޮތުގައި 50،000 ޑޮލަރު ހުށަހަޅަން ޖެހޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް