އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް

އައިޖީއެމްއެޗުން އައްޑޫގެ ކެތު ލެބުގައި ހިދުމަތްދޭން ފަށައިފި

ހިދުމަތް ތައާރަފުކުރިތާ ދެ ދުވަސް ތެރޭ، އިއްޔެގެ ނިޔަލަށް ހަ ބަލިމީހަކަށް ފަރުވާދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުނި

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީސީ) އާއި އައިޖީއެމްއެޗާ ގުޅިގެން އައްޑޫގައި ހިތުގެ ބަލިތަކަށް ދޭ ފަރުވާގެ ހިދުމަތްތައް ފުޅާކޮށް އޭއީސީގެ ކެތު ލެބުގެ ހިދުމަތް އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައިިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ދެ ހޮސްޕިޓަލުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އައިޖީއެމްއެޗުގެ ހިތުގެ ބަލިތަކާއި އިންޓަވެންޝަން ކާޑިއޮލޮޖީގެ ހާއްސަ ސްޕެޝަލިސްޓުންގެ ޓީމެއް ކޮންމެ ދެ ހަފްތާއިން އެއްފަހަރު އައްޑޫއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

ތަފްސީލް - މި ހިދުމަތް ތައާރަފުކުރިތާ ދެ ދުވަސް ތެރޭ، މިއަދުގެ ނިޔަލަށް ހަ ބަލިމީހަކަށް ފަރުވާދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ އައްޑޫގެ އިތުރުން މުޅި ދެކުނުގެ ރައްޔިތުން ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ރަށުގައި އާއިލާގެ ކައިރީ ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ހޯދުމަށް ފަހިވި ފުރުސަތެއް ކަމަށެވެ.

އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމައަށް ހިދުމަތް ދިނުން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް