ރަޝިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު (ވ) އަދި އޮނަރަރީ ކޮންސިއުލް ފައުޒީ (ކ)

އެއާޕޯޓުގައި ޑިޕްލޮމެޓުންނަށް ހާއްސަ އިންތިޒާމުތައް ނުހުންނާތީ ކަންބޮޑުވުން

ސަފީރު ޑަގަރިއަންއާއެކު މިއަދު ބައްދަލުކުރެއްވި ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކޮށް ރަޝިއާ އިން ރާއްޖެ އަށް ދޭ ސްކޯލާޝިޕްތައް އިތުރުކޮށްދެއްވުމަށް ސަފީރު އަރިހުން އެދިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި

ރާއްޖެ އަށާއި ސްރީލަންކާއަށް ރަޝިއާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލީވާން ޑަގަރިއަން ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރައްވަން ޖެހިވަޑައިގަތީ އުނދަގޫ ތަޖުރިބާއެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރަޝިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލް، އަލީ ފައުޒީ އާ މުހާތަބު ކުރައްވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައި، ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ބޭރުގެ ޑިޕްލޮމެޓުންނަށް އެއާޕޯޓު ސެކިޔުރިޓީ އާ ގުޅޭ ކަންތަކުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ނުވާކަމަށް ވިދާޅުވެ އެވެ.

ތަފްސީލް - ބޭރުގެ އިއްޒަތްތެރިންނަށް އެއާޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް ނުހުންނަނީ ކީއްވެތޯ ނަޝީދު ސުވާލު އުފެއްދެވި އެވެ.

"ހިތާމައަކީ ވެލާނާ އެއާޕޯޓުގައި ސެކިޔުރިޓީގެ ގިނަ ޕްރޮސީޖާތަކެއް ފުރިހަމަކުރައްވަން ސަފީރަށް ޖެހިވަޑައިގަތުން،" ނަޝީދު ވިދާޅުވި އެވެ.

ސަފީރު ޑަގަރިއަންއާއެކު މިއަދު ބައްދަލުކުރެއްވި ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކޮށް ރަޝިއާ އިން ރާއްޖެ އަށް ދޭ ސްކޯލާޝިޕްތައް އިތުރުކޮށްދެއްވުމަށް ސަފީރު އަރިހުން އެދިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. ދިވެހި ދަރިވަރުން މެޑިސިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރުމަށް ރަޝިއާގައި ދިރިއުޅެ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް