އިންތިހާބުގެ ދުވަސްވަރު އައިމިނަތު ހަސަން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

މަރު

އެތައް ހާސް ދަރިވަރުންގެ 'އައިިންތު މިސް' އަވަހާރަވެއްޖެ

ދިވެހި ޓީޗަރު އައިމިނަތު ހަސަން އަވަހާރަވުމާ އެކު ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުން

ދިވެހި ބަސް ކިޔަވައިދިނުމުގައި އަހަރުތަކެއް ހޭދަކުރައްވާފައިވާ، ތައުލީމީ ތަޖުރިބާކާރު އައިމިނަތު ހަސަން (އައިންތު މިސް) އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތައުލީމީ ދާއިރާގައި 30އަށް ވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ އައިމިނަތު އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ގެންދެވީ ކެންސަރު ބައްޔަށް ބޭސްކުރައްވަމުންނެވެ.

ތަފްސީލް - އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، އަމީނިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގަ އެވެ.

ޓީޗަރެއްގެ ގޮތުގައި އޭނާ ވަނީ އެތައް ހާސް ދަރިވަރުންގެ ލޯބި ހޯއްދަވާފަ އެވެ. އޭގެ ފަހުން ތައުލީމީ ދާއިރާގެ އެކި ކަންކަމުގައި އާއި މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. 

ޓީޗަރުންގެ އެސޯސިއޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެވެ. ޓީޗަރުންގެ މުސާރަ ރަނގަޅު ކުރުމާއި ޓީޗަރުންގެ އެކި ކަންކަމުގައި ވަކާލާތު ކުރެއްވި އެވެ.

އޭނާ ވަނީ 2024 އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާފަ އެވެ.

އައިމިނަތު ކުއްލި ގޮތަކަށް އަވަހާރަވުމާ އެކު ގިނަ ބަޔަކު އަންނަނީ އެކަމާ ހިތާމަ ފާޅުކޮށް، ޝުއޫރު ފާޅުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް