ދީނީ އިލްމުވެރިޔާ އަބްދުލް އަޒީޒު ހުސައިން (އަޒީބެ) ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ސިއްހަތު

ދީނީ އިލްމުވެރިޔާ އަޒީޒްއަށް ސްޓްރޯކެއް ޖެހި، ފަރުވާ ދެނީ

އޭނާއަށް ހެޔޮދުއާކޮށްދިނުމަށް ދަރިފުޅު އަހުމަދު ކުމައިލް އެދިވަޑައިގެންނެވި

ދީނީ އިލްމުވެރިޔާ އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާ ދޭން ފަށައިފި އެވެ.

ތަފްސީލް - ދީނީ އިލްމު ފެތުރެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި މޮޅު ބަސްމޮށުންތެރިއެއްގެ ގޮތުގައި މަޝްހޫރު އަބްދުލްއަޒީޒްގެ ދަރިކަލުން އަހުމަދު ކުމައިލް ވިދާޅުވި ގޮތުގައި ބައްޕައަށް މި ވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަޒީޒްގެ ހާލު ސްޓޭބަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުމައިލް ވަނީ ބައްޕައަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެނގުން މުހިއްމު - ދީނީ އިލްމު ފެތުރުއްވުމުގެ އިތުރުން ދެން އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަރަބިއްޔާ ސްކޫލުގައި ވެސް ހިދުމަތް ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް