ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދަރިވަރުން

ކިޔަވާ ކުދިންނަށް ދޫކުރި ފައިސާ 97 މިލިއަން ރުފިޔާ މަދުވެއްޖެ

768 މިލިއަން ރުފިޔާ ބަޖެޓްކުރި ނަމަވެސް އަހަރު ނިމުނުއިރު އެކަމަށް ހޭދަކުރި 603 މިލިއަން ރުފިޔާ
20 ޖެނުއަރީ 2026
1

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިދިޔަ އަހަރު ދޫކުރި ފައިސާ އޭގެ، ކުރީ އަހަރާ އަޅާބަލާއިރު 97 މިލިއަން ރުފިޔާ މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެނގުން މުހިންމު - ސަރުކާރުން ދޫކުރާ ލޯނާއި ސްކޮލަޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ގަވައިދުން ފައިސާ ނުފޮނުވާތީ އެ ކުދިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން: 

  • އެ ޝަކުވާތަކަށް ބާރު ލިބެނީ ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން 

  • ކިޔަވާ ކުދިންނަށް ދޫކުރި ލޯން ފައިސާގެ އަދަދަށް ދަށްވުމެއް އައިސްފައިވާކަން ހިސާބުތަކުން ފެނޭ 

ތަފްސީލް - ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު: 

  • ދަރިވަރުންނަށް ދޫކުރީ 603 މިލިއަން ރުފިޔާ 

  • މިއީ 2024އާ އަޅާބަލާއިރު، %13ގެ ދަށްވުމެއް ނުވަތަ 97 މިލިއަންގެ މަދުވުމެއް

މީގެ އިތުރަށް މިދިޔަ އަހަރު ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓްގައި 768 މިލިއަން ރުފިޔާ ހިމެނި އެވެ. އެހެން ނަމަވެސް، އަހަރު ނިމުނުއިރު އެކަމަށް ހޭދަކުރި 603 މިލިއަން ރުފިޔާއަކީ: 

  • 165 މިލިއަން ރުފިޔާ މަދު އަދަދެއް

ސަރުކާރުގެ ބަސް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ބަރާބަރަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވާ ދަރިވަރުންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެެވެ. އަދި ދަރިވަރުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ މިފަހުން ހާމަކުރައްވައިފަ އެވެ. 

ކޮމެންޓް (1)

ސަނީހު

21 ޖެނުއަރީ 2026
ލާރި ބާކީވާނެ ދަރިވަރުންގެ ސްޓައިޕެންޑާއި ޓިއުޝަންފީ ނުދައްކަންޏާ. މިހާރު ވެސް ލަންޑަންގެ ޔުނިވަރސީޓީތަކަށް ފީނުދައްކައިގެން ކުދިންނަށް އެކަން އަންގައފި. ކިހާ ދެރަކަންކަން. ކުދިން ކިހާ ހާލެއްގައި އެ އުޅެނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް