ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް މުހައްމަދު މުއިއްޒު މިދިއަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި (ފޮޓޯ/ރައީސް އޮފީސް)

ކައުންސިލް އިންތިހާބުގައި ޖޭޕީގެ ތާއީދު ޕީއެންސީ ކެންޑިޑޭޓުންނަށް

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމީ އިންތިހާބުގައި ހަމައެކަނި އދ. މާމިގިލި ދާއިރާއަށް ވާދަކުރަން. އެއީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ދާއިރާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމީ އިންތިހާބުގައި ހަމައެކަނި އދ. މާމިގިލި ދާއިރާއަށް ވާދަކުރުމަށެވެ. އެއީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ދާއިރާ އެވެ.

ތަފްސީލް - ޖޭޕީގެ ކައުންސިލުން ނިންމީ އިންތިހާބުގައި އެހެން ދާއިރާއަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ.

އަންނަ 4 އޭޕްރީލްގައި ބާއްވާ އިންތިހާބުގައި ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވާދަކުރާނެ އެވެ. ޕީއެންސީ އާއި އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ވާދަކުރާނެ ކެންޑިޑޭޓުން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

20 ޖެނުއަރީ 2026
"މަޖުބޫރު މީހަކީމޭ، ހަފަރާތުގައި ވީ ރުއިމޭ"
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް