ހަސަން ޝާކިރު، ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ

ހަސަން ޝާކިރު، ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް

ޝާކިރަކީ މޮޅު ޅެންވެރިއެއްގެ އިތުރުން ލިޔުންތެރިއެއް ވެސް މެ. ދިވެހި ބަހަށާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލްކުރައްވާފައިވޭ

ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ހަސަން ޝާކިރު ހޮވިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ޝާކިރު، އެކެޑެމީގެ ރައީސަކަށް ހޮވިވަޑައިގަތީ އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމުން މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެކެޑެމީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

ތަފްސީލް - ޝާކިރަކީ ކުޅަދާނަ ޅެންވެރިއެއްގެ އިތުރުން ލިޔުންތެރިއެއް ވެސް މެއެވެ.

އޭނާއަށް ވަނީ ޅެންވެރިކަމުގެ ދާއިރާއިން 1998ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން

  •  ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާ އިން ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2007ގައި

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2022ގައި

ޝާކިރު ގެންދަވަނީ އޭނާގެ ހަނދާންތަކުގެ މައްޗަށް ބިނާކުރައްވައި ފޮތްތައް ވެސް ލިއުއްވަމުންނެވެ.

މީގެ އިތުރުން

  • ޝާކިރުގެ އެޑިޓަރު ކަމުގައި ބައެއް ނޫސް މަޖައްލާ ނެރުނު

  •  ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، އާންމުންނަށް އަދި ދަރިވަރުންނަށް އެކި މުނާސަބަތުތަކާ ގުޅޭ ގޮތުންނާއި މުބާރާތްތަކަށް ލަވަ އާއި ޅެން އަދި މަދަހަ ހައްދަވައިދެއްވާ 

  •  ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފޮތްތައް ލިއުއްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް