ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/އެމްއޭސީއެލް)

ބޯހިޔާވަހިކަން

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު 4 މާޗުގެ ނިޔަލަށް އަދި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 17 އޭޕްރީލާ ހަމައަށް އޮންނާނެ

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން ބުނީ މި ސްކީމުގެ ދަށުން ދޫކުރާއި ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ޖެހޭނީ 'ބޯހިޔާވަހިކަން' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ތަފްސީލް - މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ އެވެ.

  • ގޯއްޗަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ 4 މާޗު

  • ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 17 އޭޕްރީލްގެ ނިޔަލަށް އޮންނާނެ

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/އެމްއޭސީއެލް)

އެނގުން މުހިއްމު - މި ސްކީމުގެ ދަށުން، މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭ ހިމެނެނީ:

  • މާލޭ ރަށްވެހިންނަށް 10،000 ގޯތި

  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި

  • މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯތި

  • މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަަދަލު ކުރާ މީހުންނަށް 1،500 ގޯތި

ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޖުމްލަ 7،900 ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މާލޭ ރަށްވެހިން - 4،000 ފްލެޓު

  • މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުން - 1،500 ފްލެޓު

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން - 100 ފްލެޓު

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފްލެޓު

  • އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް - 250 ފްލެޓު

  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން - 50 ފްލެޓު

  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން - 200 ފްލެޓު

  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން - 100 ފްލެޓު

  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުން - 100 ފްލެޓު

  • މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުުކުރުމުން މަހުރޫމުވެފައިވާ މީހުން - 50 ފްލެޓު

  • ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުން - 500 ފްލެޓު

  • ދިރިއުޅޭނެ ބޯހިޔާވަހިމަމެއް ނެތި މާލޭގައި އުޅޭ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމެންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް - 50 ފްލެޓު

  • ފުލުހުން - 100 ފްލެޓު

  • ސިފައިން - 100 ފްލެޓު 

  • ސިވިލް ސާވިސް - 200 ފްލެޓު

  • ކަރެކްޝަނަލް ސާވިސް - 100 ފްލެޓު

  • އެކި އިދާރާތަކާއި މުއައްސަސާތަކަށް ހާއްސަ 400 ފްލެޓު؛ މީގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މީރާ، އެލްޖީއޭ، ޖޭއެސްސީ، ފޮރިން ސާވިސް، އޭޖީ އޮފީސް، އީސީ، ސީއެސްސީ، އެޗްއާރުސީއެމް، އޭސީސީ، ޕީޖީ އޮފީސް، އޮޑިޓް އޮފީސް، އެމްއެމްއޭ، ޕެންޝަން އޮފީސް، އެންއައިސީ، މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން، އެފްޕީއޭ، އާބިޓްރޭޝަން ސެންޓަރު، ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފީސް، ސީއެމްޑީއޭ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމެނޭ

ކޮމެންޓް (2)

އިބްރާހިމް ޝަރީފް Avatar

އިބްރާހިމް ޝަރީފް

18 ޖެނުއަރީ 2026
ވަރަށް ހިއްގަިމު އާޓިކަލެއް. ވަރައްވެސް މައުލޫމާތު ގިނަ. މުއިއްޒު އިސްތިއުފާ ދޭން ފެނޭ.
1 0

ކޮސް

18 ޖެނުއަރީ 2026
ވޯޓަށް މީހުން "ވާވައްދަން" ހުޅުވާލި ހުވަފެނީ ފުލެޓުތަކަށް ކުރިމަތި ކުރިމަތިލުމަކީ މައްސަލައެއްނޫން. އެކަމަކު މިކަން ނިމޭނީ ކަރުދާހުން އެކަނި. އެކަން ވިސްނާތި!!!!.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް