ގިލިލަންކަންފުށީގެ ފަރަށް އިންޑިއާގެ ކޯސްޓްގާޑު ލޯންޗެއް އަރާފައި

ރާއްޖެ-އިންޑިއާ

އިންޑިއާގެ އަސްކަރީ އުޅަނދެއް ރާއްޖޭގެ ރިސޯޓެއްގެ ފަރަށް އަރައިފި

އިންޑިއާގެ ކޯސްޓްގާޑް އުޅަނދު މިހާރު ވަނީ ފުންކޮށްފައި

އިންޑިއާގެ ކޯސްޓްގާޑު އުޅަނދެއް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކ. ގިލިލަންކަންފުށީ މިއަދު ފަރަށް އަރައިފި އެވެ. އެ އުޅަނދު މިހާރު ވަނީ ފުންކޮށްފަ އެވެ.

ވީ ކިހިނެއް؟ - ކ. ހިންމަފުށީ ފަޅުތެރޭގައި އޮންނަ މި ރިސޯޓުގެ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދު އެރީ ކޮން އިރަކު ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު އެ މަންޒަރު ފެނުނު މީހުން 'ދައުރު'އަށް ޔަގީންކޮށްދިން ގޮތުގައި، އުޅަނދުގެ ބޮޑު ބައެއް އޮތީ ރިސޯޓުގެ ފަރުމަތީގަ އެވެ.

ގިލިލަންކަންފުށީގެ ފަރަށް އިންޑިއާގެ ކޯސްޓްގާޑު ލޯންޗެއް އަރާފައި.

"އޭރު އެ އުޅަނދު ފުންކުރެވޭތޯ އިންޑިއާގެ އަސްކަރީ އުޅަނދެއް ވެސް އޮތް ކަފު ޖަހާފައި. އަދި ދިވެހި ސިފައިން ވެސް އުޅޭ،" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.

"އެކަމަކު ވަރަށް ބޮޑަށް ފަރަށް އަރާފައި އޮތުމުން އޭރު ފުނެއް ނުކުރެވޭ."

އެމްއެންޑީއެފުން ފަހުން ބުނި ގޮތުގައި، 'އެކްސަސައިޒް ދޯސްތީ'ގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖުރާ މިހާރު ވަނީ ފުންކޮށްފަ އެވެ.

އެނގުން މުހިއްމު - މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ބޭރުގެ އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އަރައި އޭގެ ސަބަބުން ފަރުތައް ހަލާކުވުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެއާ ގުޅިގެން އެ ބޯޓުތައް އެތައް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރިޔަސް، ދައުލަތަށް ލިބިފައިވަނީ ވަރަށް މަދު އަދަދެއްގެ ފައިސާ އެވެ. އަދި ފައިސާ ހޯދަން ކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ނިމިފައެއް ނުވެ އެވެ

ފަރަށް އެރި އުޅަނދުތަކުގެ ތެރޭގައި އިންޑިއާގެ ބޯޓުތައް ގިނަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް