ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން (ކ) އާއި އަބްދުއްރަހީމް ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

އަބްދުއްރަހީމްގެ ސަފީރުކަމުގެ ފަތްކޮޅު ޕުޓިންއަށް އަރުވައިފި

ސަފީރުކަމުގެ ފަތްކޮޅު އޭނާ ރަޝިއާގެ ރައީސަށް އެރުވީ، މޮސްކޯގެ ގްރޭންޑް ކެމްލިން ޕެލެސްގައި ބޭއްވި ރަސްމިއްޔާތެއްގައި

ރާއްޖެއިން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު، އެ މަގާމަށް އައްޔަން ކުރެއްވި އަބްދުއްރަހީމް އަބްދުއްލަތީފް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އަރުވައިފި އެވެ.

ވީ ކިހިނެއް؟ - ރަޝިޔާގެ ސަފީރުކަމުގެ މަގާމަށް، ސިފައިންގޭގެ މަތީ މަގާމުތައް ފުރުއްވި ރިޓަޔާޑް އަބްދުއްލަތީފު، ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން (ކ) އާއި އަބްދުއްރަހީމް ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ސަފީރުކަމުގެ އެ ފަތްކޮޅު އޭނާ ރަޝިއާގެ ރައީސަށް އެރުވީ، އެކަމަށް މޮސްކޯގެ ގްރޭންޑް ކެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އަބްދުއްރަހީމް ވަނީ ރައީސްގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް ޕުޓިންއަށް އަރުވާފަ އެވެ.

އެނގުން މުހިއްމު - އަބްދުއްރަހީމް މިހާރު ހުންނަވަނީ ތުރުކީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމުގަ އެވެ. އޭނާ ގާއިމްވެ ހުންނަވަނީ އެ ގައުމުގަ އެވެ. ރަޝިއާ އާއި ރާއްޖެއާ ގުޅުން ހުރި ކަންކަން އޭނާ ކުރައްވާނީ އެތަނުގައި ގާއިމްވެހުންނަވައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް