ވިލިމާލެ އަށް 1200 ކިލޯވޮޓްގެ ޖެނެރޭޓަރެއް ގެންދިޔުން (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ކަރަންޓު ގިނައިން ބޭނުންކުރާ ދުވަސްވަރަށް ވިލިމާލެއަށް 1،200 ކިލޯވޮޓްެގެ ޖަނެރޭޓަރެއް

ޖަނެރޭޓަރު ބޭނުންކުރަން ފެށުމުން އެ އަވަށުގެ ޖަނެރޭޝަން ކެޕޭސިޓީ އިތުރުކުރެވި، ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނި

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލެއަށް 1،200 ކިލޯވޮޓްެގެ ޖަނެރޭޓަރެއް ގެންގޮސް ބޭނުންކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯ އިން މިއަދު ބުނީ މި ޖެނެރޭޓަރު ބޭނުންކުރަން ފެށުމުން އެ އަވަށުގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރެވި ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށެވެ.

ތަފްސީލް - ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަރަންޓު ކެނޑުމާއި ޖެނެރޭޓަރުތަކަށް ނުކަތާވަރުވުމުން ބައެއް ފަަހަރު ކަރަންޓު ކަނޑަން ޖެހޭ ތަން ވެސް އާދެ އެވެ.

އެހެންކަމުން، ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިން އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް، ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެ އެވެ.

ވިލިމާލެއަށް އިތުރުކުރި 1،200 ކިލޯވޮޓްގެ ޖެނެރޭޓަރާ އެކު އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ވާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް