ސްޓެލްކޯގެ ހިންގުން ހަވާލު ކުރި ޑެޕިއުޓީ އެމްޑީ އަޒްވަރު(މ) އަދި މިއަދު މަގާމުން ވަކިކުރު އެމްޑީ ސަމާހު (ކ) އާއި ޕްރޮކިއުމަންޓް ހެޑް އަޒްހަދު
ސްޓެލްކޯގެ ޕްރޮކިއުމަންޓް ވެރިޔާ ވެސް ވަކިކޮށްފި؛ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ އެމްޑީއަށް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ކުއްލި ގޮތަކަށް މިއަދު ވަކިކުރުމާ ގުޅިގެން، ވަގުތީ ގޮތުން ކުންފުނި ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރުއާ ހަވާލުކޮށްފި އެވެ. އެއާ އެކު، އަޒްވަރު އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ޕްރޮކިއުމަންޓް ވެރިޔާގެ މަގާމުގައި ހުންނެވި އަޒްހަދު ރަމީޒު މަގާމުން ވަކިކުރުމެވެ.
ވީ ކިހިނެއް؟ - ޝަމާހު މަގާމުން ވަކިކުރުމާ ގުޅިގެން މިއަދުގެ ވަގުތެއްގައި ޕީސީބީން ވަނީ ކުންފުނި ހިންގުން ވަގުތީ ގޮތުން އަޒްވަރުއާ ހަވާލުކޮށްފަ އެވެ. އެކަން މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ތަފްސީލު - އަޒްވަރު މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ފައްޓަވާފަ އެވެ. އެގޮތުން:
-
މަގާމާ ހަވާލުވެވަޑައިގެން އަޒްވަރު އެޅުއްވި ފުރަތަމަ ފިޔަވަޅަކީ، އެނގިފައިވާ ގޮތުގައި، ޕްރޮކިއުމަންޓްގެ ވެރިޔަކަށް ހުންނެވި އަޒްހަދު މަގާމުން ވަކިކުރުން
-
އެ މަގާމަށް ބިއުރޯ ހެޑް އަސްފާ ހުސައިން ވަނީ ހަމަޖައްސާފައި
ފާހަގަކޮށްލެވޭ ކަމެއް - ޝަމާހަކީ މި ސަރުކާރުގައި މިފްކޯގެ ފުރަތަމަ ސީއީއޯގެ މަގާމަށް އައްޔަންކޮށް، އެ މަގާމުން މެއި 2024ގައި ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ސްޓެލްކޯގެ އެމްޑީއަކަށް އޭނާ ހަމަޖައްސާފައި ވަނީ، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ޝަމާހް ސްޓެލްކޯގެ މަގާމުން ވަކިކުރި ފަހުން، އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ވެސް ވަނީ ލީކްވެފަ އެވެ.
ނަމަވެސް އެއީ "ފޭކް އޯޑިއޯއެއް" ކަމަށް ޝަމާހު މިރޭ ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ވެސް ދޮގު ކުރެއްވި އެވެ.
އެ އޯޑިއޯގައި ޝަމާހު ކަމަށް ބުނާ މީހާ ދައްކާ ވާހަކަތަކުގެ ތެރޭގައި:
-
"[ސްޓެލްކޯއިން] މިކޮޅުން ހަދާ ވަރަކަށް މިފްކޯއިން ނުހެދޭނެ. މިކޮޅުން ދެ މަސް ތެރޭ ހަދާ ވަރަށް މިފްކޯއިން ނެހެދޭނެ ތިން އަހަރުން ވެސް."
-
"ސްޓެލްކޯއިން މަގޭ މި ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން. އެއީ އަޒްހަދާއި ސާއިދު."
-
"މި މީހުން ނޯށުން ރޯނެ މި ހުރިހާ އެއްޗެއް އެނގޭ ނަމަ."
-
ބެލެވޭ ގޮތުގައި އެ ދައްކާ ވާހަކައަކީ ކުންފުނި ބޭނުންކޮށްގެން ހިޔާނާތުން ފައިސާ ހޯދާ ވާހަކަ
އެ އޯޑިއޯއާ ގުޅޭ ގޮތުން ޝަމާހުއާ 'ދައުރު'ން މިރޭ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ އޯޑިއޯގައި އަޑުއިވެނީ އޭނާ ދެއްކި ވާހަކައެއް ނޫން ކަމަށާއި އެއީ ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ.
"އެއީ އަޅުގަނޑުގެ އޯޑިއޯއެއް ނޫން. އެއްވެސް ވަރަކަށް އެ އޯޑިއޯ އާއި އަޅުގަނޑާ ގުޅުމެއް ނެތް. ހަމަ ހަދާފައި އޮތް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
މަގާމުން ވަކިކުރީ ކީއްގެންތޯ އެހުމުން އޭނާ ވިދާޅުވީ ސަބަބެއް އެއްވެސް ގޮތަކަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ކުއްލިއަކަށް ލިބިވަޑައިގަތީ ވަކިކުރިކަމުގެ ސިޓީއެއް ކަމަށެވެ.
"އަޅުގަނޑުގެ ދައުރުގައި ސްޓެލްކޯއަކުން ނޯންނާނެ އެއްވެސް އެއްޗެއް ގަނެފައި، ޕްރޮކިއޮކޮށްފައި. އަޅުގަނޑުގެ ދައުރުގައި ނޯންނާނެ އެއްވެސް ދަރަންޏެއް ފިލުވާފައި،" އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގު ކުރައްވަމުން ޝަމާހު ވިދާޅުވި އެވެ.
ކޮމެންޓް (2)
ވަގުންނޭ
ޑުޑުޑުޑޫޑޫޑޫ