ހޯރަފުށީ ދާއިރާ ކުރީގެ މެންބަރު އަހްމަދު ސަލީމް ސައްލެ) މަޖިލިސް ޖަލްސާއެްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ދިޔަރެސް އާއި ހީނާގެ މައްސަލަ ނާކާމިޔާބުވުމުން ސަލީމް ހައި ކޯޓަށް

ދިޔަރެސްގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ސަލީމް ދައުވާ ކުރެެއްވީ އެ ނޫހާއި ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދަށް

'ދިޔަރެސް' ނޫހުގައި ޖެހި ހަބަރަކާ ގުޅިގެން، އެ ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުގެ މައްޗަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ކުރެއްވި ދައުވާގެ މައްސަލަ ސިވިލް ކޯޓުގައި ނާކާމިޔާބުވުމުން އެ ހުކުމް ހައި ކޯޓުގައި މިދިޔަ ހަފުތާ އިސްތިއުނާފްކޮށްފި އެވެ.

ކަމުގެ ފެށުން - ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު ސަލީމް މި ދައުވާ ހުށަހެޅުއްވީ، ދިޔަރެސް ނޫހުގައި 25 ޖޫން 2022ގައި "ނޫސްވެރިޔާ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެއްޖެ"، މި ނަމުގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ. 

އެ ހަބަރުގައި ސަލީމަށް ނިިސްބަތްކޮށް، "ނަސީރާ އެކު އެ ވީޑިއޯއިން ދެން ފެންނަ މީހާގެ މޫނެއް ނުފެނެ އެވެ. ނަމަވެސް، އަޑު ފެތުރިފައިވާ ގޮތުގައި، އެ ވީޑިއޯގައި ދެން ފެންނަ މީހަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް" ކަމަށް ލިޔެފައިވެ އެވެ.

ތަފްސީލް - އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސަލީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުކަން، ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.

މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ދަށު ކޯޓުގެ ހުކުމް - އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ މައްޗަށް ސަލީމް ކުރެއްވި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ:

  • އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ އިތުރުން މީޑިއާ ކައުންސިލަށް ވެސް މައްސަލައެއް ހުށަހަޅާފައިވޭ

  • ކައުންސިލަށް ހުށަހަޅާ އެފަދަ މައްސަލައެއް މީޑިއާ ކައުންސިލުން ބަލަން ފަށަނީ ކޯޓަށް ހުށަހެޅުމަށް އޮންނަ ހައްގު ދޫކޮށްލާކަމުގެ އިގުރާރުގައި ސޮއިކުރުމުން؛ އެ އިގުރާރުގައި ސަލީމް ސޮއިކޮށްފައިވާކަން އެނގޭ

  • އެފަދަ އިގުރާރެއް ބޭނުންކުރަނީ މީޑިއާ ކައުންސިލަކީ ޝަރުއީ ކޯޓުން ބޭރުން ކަންކަން ހައްލުކޮށްދޭ ތަނަކަށްވާތީ

  • މީޑިއާ ކައުންސިލަށް ހުށަހެޅި މައްސަލަ ހުށަހަޅާފައިވަނީ އެ ހަބަރާ ގުޅިގެން އަބުރާބެހުމުގެ ދައުވާއެއް ކުރުމުގެ ހައްގު ދޫކޮށްލާފައި؛ އެހެންވެ، އަބުރުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަކަށް ނުގެންދެވޭނެ

އެހެންވެ ދަށު ކޯޓުން ބެލީ ސަލީމް ދައުވާކުރުމުގެ ހައްގު ދޫކޮށްލެއްވީ ކަމުގަ އެވެ. އަދި ހީނާ އާއި ދިޔަރެސްއަށް ވަކީލުންގެ ހަރަދަށް ހޭދަވި 15،000ރ. ދިނުމަށް ވެސް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް (3)

ލާލަލާލާ

9 ޖެނުއަރީ 2026
ހުޅުމާލެ ހިއްކުން އަވަސްކުރަންވީ އަދި ރަސްމާލެ ވެސް ހިއްކުން އަވަސްކުރަންވީ ރާއްޖެތެރޭގައި ޕްރޮޖެކްޓްސް ތައް ހިންގަން ހުރިއްޔާ ހުރިހާ ފައިސާ އެއް މާލެ ސަރަހައްދަށް ކުރިއަށް އޮތް 2 އަހަަރު ހޭދަކުރަންވީއޭ އެއިރުން ޔަގީނޭ ބަދަލު އަންނާނެ ކަން ރަސްމާލެ އެއްކޮށް ހިއްކިއްޖެނަމަ ދުނިޔޭގެ ލޮލުގައި އެކަން އަޅައިގަންނާނެއޭ އެއިރުން މާލެ ސަރަހައްދު ބޮޑުވާނެއޭ ސިންގަޕޯރ އަށް ވުރެން މިކަން ކުރަން ސަރުކާރުން ފަސްނުޖެހޭށޭ އަދި ޗައިނާ އިން 20 ބިލިއަން ޑޮލަރުގެ ލޯން ނަގައިގެން ޓްރިޕްލް ޑެކް ކޮންކްރީޓް ގާރޑަރ ބްރިޖް އަޅާށޭ މާލެ އާއި ރަސްމާލެ އާއި ދެމެދު އަދި ބްރިޖް އަޅާއިރު އެބްރިޖް ރޫޓް ގައި ހުރިއްޔާ ހުރި ހުރިހާ ރިސޯރޓް ތަކާއި ވެސް ބްރިޖުން ގުޅުވާށޭ ވީ ކާންޓް ބީ ސޭއިން އިޓް ކާންޓް ބީ ޑަން ޕީޕަލް ސޭ އިޓް ކާންޓް ބީ ޑަން ޑޯން ބޮދަރ އޮން އިޓް ގިވް މީ އޯލް ޔޫ ގޮޓް ޑޯން އާސްކް ވައި ވައި ވައި ޑޯން ބީ ޝައި ޝައި ޝައި އިޓްސް އަވަރ ލީޑަރޝިޕް ލާލަލާލާ ލާލަލާލާ ލާލަލާލާ ލާލަލާލާ ލާލަލާލާ...
0 0

އައިނީޑް

9 ޖެނުއަރީ 2026
މާލޭގައި ހިންގާ ސްކޭމްތައް ހުއްޓުވުމުގައި އެންމެ އިސްރޯލެއް އަދާކުރެވޭނީ ޓީވީއެމް އަދި ފުލުހުންނަށޭ މިކަން ކުރަން ޓީވީއެމް އިން ދައްކާ ތާކުން ތާކު ނުޖެހޭ ދިވެހިފިލްމްސް ތައް ކަމަށް ބުނާ ފިލްމް ތަކުގެ ކެޓެގެރީ އަށް ނުވެސް ފެތޭ ކޮޕީ ކެޓް ފިލްމް ތަކާއި އެކުޅޭ ލޯ އެޑިއުކޭޓެޑް މީހުން ޕްރޮމޯޓް ކުރުން ހުއްޓާލާ މައުނަވީ ގޮތެއް ގައި ޓީވީއެމްގެ މުޅި މަގްސަދަކީ މިކަން ކާމިޔާބު ކޮށް ރާއްޖެ ފެތެމުން މިދާ ވައްކަމުގެ ކަނޑުން ސަލާމަތް ކުރުމޭ އައި ނީޑް ދިސް ޓު ބީ ޑަން...
0 0

ސަބްހެޑިންގ ޕޮއިންޓް

9 ޖެނުއަރީ 2026
މީދޯ ޕޮއިންޓަކީ. "ކައުންސިލަށް ހުށަހަޅާ އެފަދަ މައްސަލައެއް މީޑިއާ ކައުންސިލުން ބަލަން ފަށަނީ ކޯޓަށް ހުށަހެޅުމަށް އޮންނަ ހައްގު ދޫކޮށްލާކަމުގެ އިގުރާރުގައި ސޮއިކުރުމުން؛ އެ އިގުރާރުގައި ސަލީމް ސޮއިކޮށްފައިވާކަން އެނގޭ"
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް