ދައުލަތުގެ މަތީ އިއްޒަތް، މޫސާ އަލީ ޖަލީލަށް ރައީސް މުއިއްޒު އަރުވަނީ (ފޮޓޯ/ ރައީސް އޮފީސް)

މޭޔަރު ކަމަށް ނުުކުތް ޖަލީލަކީ ސަނާ ކިޔޭ ވަރުގެ ޖެނެރަލެއް ނޫން: ޔާމީން

ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލަކީ 3 ނޮވެމްބަރު 1988ގައި އޭނާ ދެއްކެވި ސާބިތުކަމަށް ދައުލަތުގެ އެންމެ މަތީ ޝަރަފް ލިިބިފައިވާ ބޭފުޅެއް؛ ނަމަވެސް އޭނާއަށް ކަމެއް ޖެހުނު ކޮންމެ ހާލަތެއްގައި އޭނާގެ ހަގީގީ ސިފަ ފެނުނު ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލަކީ ސިފައިންގެ ހިދުމަތުގައި ކިތަންމެ ސާބިތުކަމެއް ދެއްކެވި ބޭފުޅަކަށް ވިޔަސް ސަނާ ކިޔަން ޖެހޭ ވަރުގެ ޖެނެރަލެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޔާމީން މިހާރު ހިންގަވާ ޕީއެންއެފުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި މޫސާ އަލީ ޖަލީލާ ގުޅޭ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ، ޕޯޑިއަމްގައި ހުންނަވައިގެން ވާހަކަ ދެއްކެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.

އޭނާ ވިދާޅުވީ މޫސާ އަލީ ޖަލީލް ފަދަ ރިޓަޔަޑް ޝަރަފްވެރި ޖެނެރަލަކު މޭޔަރު ކަމަށް ނެރެ، ރައްޔިތުންނަށް ވޯޓަށް ސަލާން ޖަހަން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

ހުސައިން ވަހީދުގެ ވާހަކަ އެ ހިސާބަށް ވިދާޅުވުމާ އެކު، ސަޕޯޓަރުންނާ އެކު ގޮނޑީގައި އިންނެވި ޔާމީން މައިކް ނެންގެވުމަށް ފަހު މޫސާ އަލީ ޖަލީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ޔާމީން އެންމެ ފުރަތަމަ ވެސް ވިދާޅުވީ މުސާ އަލީ ޖަލީލް ފަދަ ބޭފުޅަކު، މިހާ ފެއިލްވެ ރައްޔިތުންނަށް "ނިކަމެތިކަން ޖެއްސި" ސަރުކާރަކާ އެކު ނުކުންނަވާތީ އެ ކަމާ ވަރަށް ބޮޑަށް "ހިތާމަކޮށް، ލަދު ވެސް ގަންނަ" ކަމަށެވެ.

ނަމަވެސް އެއީ ޖަލީލުގެ އަމިއްލަ ނިންމެވުމަކަށްވާތީ އެކަމާ އެހާ ވިސްނަން ބޭނުންނުވާ ކަމަަށް ވެސް ވިދާޅުވި އެވެ. މީހެއްގެ އިހުލާސްތެރިކަން ހުރި މިންވަރާއި ހަގީގީ މިޒާޖު ފެނިގެންދާނީ އޭނާއަށް ކަމެއްގެ ބޭނުން ޖެހޭ ހާލަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. ޔުނީފޯމުގައި އޭނާގެ ހަގީގީ މިޒާޖު ފެނިގެން ނުދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލު ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކުރީ 2015 ވަނަ އަހަރު.

"ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖަލީލު ހުންނެވީ ކޮންތާކުތޯ؟ ޗީފް އޮފް ސްޓާފްސްގެ މަގާމުގައި. އެހެންވީމާ ނެތެއް ނޫންތޯ ސަނާ ކިޔޭކަށް. ސަނާ ކިޔޭކަށް ނެތޭ. ސަނާ ކިޔަން ޖެހޭ ވަރެއް ނޫނޭ،" ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަލީލާ ގުޅޭ ގޮތުން ޔާމީން ވިދާޅުވި އެވެ.

"ސިފައިންގެ ރަނގަޅު ތަމްރީނާއި އަހްލާގް އަށަގެންފައިވާ ބޭފުޅެއް ނަމަ ޔެސް ސާ ކިޔާ ގޮތަށް ހަމަ [އެ މީހެއްގެ އަގު ވެއްޓިގެންދާ ފަދަ ކަމެއްގައި] ނޯ ސާ ވެސް ކިޔަން އެނގެން ޖެހޭނެ."

ޖަލީލް އޭނާގެ އަގު ދިވެހިންގެ ކުރިމަތީގައި ވައްޓާލީ އަމިއްލައަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ޖަލީލަކީ ވަރަށް އާދައިގެ ގޮތަކަށް ލޫޒްކޮށް ވޯކްކުރާ މީހެއްތާ ދޯ އެހެންވީމާ. އަނދިރިއަސް، އަލިވިއަސް ހަމަ އެންމެ ރަނގަޅު،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (7)

ބަނޑި

9 ޖެނުއަރީ 2026
ފުލުހުންނާއި ސިފައިން ކުރިމަތިލާންޖެހި ގައުމުގެ ގާނޫނީ ވެރިކަން ނެތި ދިޔައިރު ޖަލީލަށް ލީޑަރޝިޕެއް ނުދެއްކުނު. ރައީސް ދަތުރު ކުރައްވާ ލޯންޗުގައި ސިފައިން ބޭނުންކުރާ ގޮވާތަކެތި ބޭނުންކޮށް ގޮއްވާލާ ސިފައިން ބެލުމުގެ ދަށުގައި ހުރި ހަތިޔާރު ފަޅުރަށެއް ފަޅުތެރޭގަ ފޮރުވުނުިއިރު ލީޑަރޝިޕެއް ނެތެވެ. ނޮވެންބަރު 3ގެ މަސައްކަތަކީ ތަފާތު ކަމެއް.
3 0

ވިސްނާ

9 ޖެނުއަރީ 2026
ރާއްޖެތެރޭ 2030 ވަނަ އަހަރު ބަދަލުވެގެންދާނީ އެއީ ގެސްޓް ހައުސް ހުންނަ ރަށްރަށަށް އައްޑޫ ފަދަ ޓޫރިޒަމަށް ނުފެތޭ ރަށްރަށުގައި ތިބޭނީ ބަންގާޅުން ދަނޑުވެރިކަން ކުރަން ބޮޑަށް ބެލެވެނީ ބަންގާޅަށް އައްޑޫ ކުއްޔަށް ދޭނެ ކަމަށޭ ދަނޑުހައްދަން ލޯކަލް ކައުންސިލް ތަކަކީ އެއީ ރާއްޖެތެރެއަށް ބޭނުންވާ އެއްޗެއް ނޫން ކަން މިވޭތުވެދިޔަ 20 އަހަރު ދުވަހުވަނީ ސާބިތުވެފައޭ އެންމެން ރަސްމާލެ އަށް ގެންނަން އަމާޒު ހިފާ ރާއްޖެތެރެ ފަޅުކުރަން ސަރުކާރުން ވިސްނުން ގެންގުޅޭށޭ
4 0

ސުހާނާ

9 ޖެނުއަރީ 2026
މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ޔާމީނަށް ރަނގަޅެއް ނުވޭ. ނުވެސް ވާނެކަމަށް ފެންނަނީ. އެއީ، ޔާމީނު މިހާރު އެހެރީ ވެރިކަމާ ހެދި ކަމަށްވާތީ. އެކަމަކު މިގައުމުގެ ވެރިކަން ޔާމީނަށް ދެން ލިބޭނެހެނެއް ހިޔެއްނުވޭ.
8 1

ކޮސް

9 ޖެނުއަރީ 2026
މުއިއްޒު މިބޭޅާއަށް އިއްޒަތް އަރުވާ މިހެދީ ޤައުމީ ބަތަލަކަށްވާތީ ވޯޓު ލިބޭނެކަމަށް ދުރާލާ ވިސްނައިގެން. މާލޭ މީހުން ޖަލީލަކަށް ވޯޓެއް ނުދޭނެ. ސަބަބަކީ މުއިއްޒުގެ އޅކށ އޭނާވާން ބޭނުން ނުވާތީ.....
7 3

ޖައްސާ

9 ޖެނުއަރީ 2026
ރާއްޖޭގެ ސިޔާސީ މަޝްރަހުން އެމްޑީޕީ އެބަޖެހޭ ނައްތާލަން ޑީއާރުޕީ ނައްތާލިގޮތަށް އެކަން ކުރެވޭނީ ޕީއެންސީ އަށް މިއަދު ޕީއެންއެފް އާއި އެމްޑީއޭ ގުޅެންވީ ޕީއެންސީ އާއި ޖޭޕީ ގުޅެންވީ ގުޅިގެން އެމްޑީޕީ ދަފްތަރުގައި ތިބި ހުރިހާ މެމްބަރުން މިޕާރޓީ ތަކުގެ މެދުގައި ބަހާލާ އެމްޑީޕީ ރަޖިސްޓްރީ ގައި ތިބި ހުރިހާ މެމްބަރުން ގަނެގެން ޕީއެންސީ އަދި ޕީއެންއެފް އަދި އެމްޑީއޭ އަދި ޖޭޕީ އަށް ބަދަލުކޮށް އަންނަ ރިޔާސީ އިންތިޚާބު އަންނައިރު އެމްޑީޕީ އުވާލާ ދަރަޖައަށް ޖައްސާށޭ ޖައްސާ ޖައްސާ ޖައްސާ
2 7

ޑޭޑްރީމް

9 ޖެނުއަރީ 2026
@ޖައްސާ ކަލޯ ތިޔަށް ކިޔަނީ ޑޭޑްރީމޭ.
3 2

ނޫދް

9 ޖެނުއަރީ 2026
ޔެސް. 2012 ގައި ވެރިކަން ބަދަލުކުރިއިރު ޖަލީލަށް ކޮން ލީޑަރޝިޕެެއްތޯ ދެއްކުނީ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް