ނެޝަނަލް ފާޓިލިޓީ ސެންޓަރު

އައިވީއެފް

ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ އުފަންވީ މިއަދު ކަމަށް؛ ދަރިފުޅާއި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށް އެ ބަޔާނުގައި ބުނި

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ އުފަންވީ މިއަދު ކަމަށެވެ. ދަރިފުޅާއި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ތަފްސީލް - މިއީ ތާރީހީ ކާމިޔާބީއެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އައިޖީއެމްއެޗުން ފާހަގަ ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް